އައިޝަތު ވަޙީދާ

ފޮރުވުމެއްނެތި މަޢުލޫމާތު ހާމަކުރުމުގެ އިންޑެކްސްގައި ށ. އަތޮޅު ކައުންސިލަށް ސައްތައިން ސައްތައެއް!

ސިއްރުކުރުމެއް ނެތި ހާމަކަން ބޮޑުގޮތެއްގައި މަޢުލޫމާތު ހާމަކުރުމުގައި ސައްތައިން ސައްތަ ޙާޞިލުކުރި ހަމައެކަނި އަތޮޅު ކައުންސިލަކަށް ށ. އަތޮޅު ކައުންސިލް ވެއްޖެއެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނުން މިންކުރާ އުޞޫލުގެ ދަށުން އެކައުންސިލުން %100 ޙާޞިލްކޮށްފައި ވާކަމަށް އިޢުލާންކޮށްފައި ވެއެވެ. އެގޮތުން 2023 ވަނަ އަހަރު އެކަމަށް ޚާއްސަކޮށްގެން ކޮމިޝަނުން ކުރި ދިރާސާތަކުން ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީ ކޮމިޝަން ޤަބޫލުކުރާ މިންގަނޑަށް އެކަން ކުރެވިފައިވާ މުއައްސަސާތައް ވަނީ ހާމަކޮށްފައެވެ.

އިންފޮމޭޝަން ކޮމިޝަނުން ބުނެފައި ވާގޮތުގައި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަށް ފުރިހަމައަށް ޢަމަލުކޮށް %100 ޙާޞިލްވެފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި، ފެންޝަން އޮފީހާއި، އިލެކްޝަން ކޮމިޝަނާއި، ޑްރަގް ކޯޓާއި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މ. މުލަކު ކައުންސިލާއި، ށ. އަތޮޅު ކައުންސިލާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން ޖުވެނައިލް ކޯޓެވެ. އެހެންކަމުން އެންމެ ފުރަތަމަ މިލިސްޓުން ޖާގަ ހޯދި އަތޮޅު ކައުންސިލަކަށް ވެފައި ވަނީ ށ. އަތޮޅު ކައުންސިލް އެވެ.

© 2023 milauthuru. All rights reserved.