ރާއްޖޭގެ އެތައް ބަޔަކަށް ކާރު އެތެރެކޮށްދޭނެ ކަމަށް ބުނެ މަކަރާ ޙީލަތުން 50 މިލިޔަނެއްހާ ފައިސާ ފޭރިގެންފައިވާ ޒާޖީ ސުޖާއުގެ މައްސަލަ ތަޙްޤީޤުގެ މަރްޙަލާގައި އޮބިއްޖެއެވެ.
މޯލްޑިވްސް ވޭވް ގަޑި ފިހާރައިން ހިންގި މި ޢަމަލު ހިންގާފައި ވަނީ މެގަޓްރޯން މޮޓޯސްގެ ނަމުގައި މުޅިން އައު ކުންފުންޏެއް ރަޖިސްޓަރީ ކޮށްގެންނެވެ. އަދި ހުރިހާ އެންމެންގެ އަތުން މާލޭ ޒޯނަށް ރަޖިސްޓަރީ ކޮށްދޭނެކަމަށް ބުނެ، އެތައް މިލިޔަން ރުފިޔާއެއް އިތުރަށް ނަގާފައި ވެއެވެ.
މިއީ ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ޢަލީ އާއި ގުޅިގެން ހިންގާފައި އޮތް ޖަރީމާއެކެވެ. އެގޮތުން މިފަދަ ފަރާތްތަކަށް ޤަވައިދާ ޚިލާފަށް އެތައް ސަތޭކަ ކާރެއް ވަނީ ރަޖިސްޓަރީ ކޮށްދީފައެވެ. އަދި އެއް ގަރާޖަށް 120 ކާރުވެސް ރަޖިސްޓަރީ ކޮށްދީފައި ވެއެވެ.
މައްސަލަ ހޫނުވުމުން ދެންވީ ކިހިނެތް؟
ފައިސާ ދެއްކި ފަރާތްތަކަށް ކާރު ނުލިބުމާއި، ކާރު ލިބުނު މީހުންނަށް ވެސް ރަޖިސްޓަރީ ނުވުމުގެ މައްސަލަ ބޮޑުވެ ގަޔަށް ބޮލަށް އަރާފާނެެހެން ހީވުމުން ޒާޖީ ވަނީ ފިލައިގެން ސިންގައްޕޫރަށް ގޮސްފައެވެ. އަދި އެހިސާބުން މަޝްހޫރު ޗާނދަނީ ސުޖާއު ޙަވާލުވީ ކަމަށް ބުނެ ދަރީގެ ދިފާޢުގައި ނުކުތެވެ. އަދި ގޭންގްތައް ބޭނުންކޮށްގެން މީހުންނަށް ބިރުދައްކާ މައްސަލަ އޮއްބާލަން މަސައްކަތް ކުރިއެވެ.
އެހެން ނަމަވެސް ބައެއް މީހުން މި މަސައްލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިއެވެ. އެ ހިސާބުން ސުޖާއު ވެސް ގެއްލުނީއެވެ. އެއްވެސް މީހަކަށް ލިބު ލޯ ލާރިއެއް ވެސް ނެތެވެ. އަދި މިހާ ދުވަސް ވީއިރު ފުލުހުން ވެސް މި މައްސަލައިގެ ތަޙްޤީޤު އޮތީ ކިހާ ހިސާބެއްގައި ކަމެއް ހާމަކޮށްފައެއް ނެތެވެ.