މިލައުތުރު

ޒާރާ އެކުރީ ވަރަށް ރީތިކަމެއް، މަލާމަތް ކޮށްގެން ނުވާނެ – އާޒިމާ ޝަކޫރު

ކަމަދޫ ނަށާ ޒާރާ އާއި މަޝްހޫރު ވިޔަފާރިވެރިޔާގެ ކާވެނީގެ ވާހަކަތައް އެކި ގޮތްގޮތަށް ފަތުރާތީ ކުރިގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ޒާރާ ކުރެއްވީ ރިވެތިކަމެކެވެ. އެކަމާ އެކުއްޖާއަށް ފުރައްސާރައެއް ރައްދުކުރުމުގެ ޙައްޤެއް ނެތްކަމަށެވެ.

އުމުރުން އެންމެ 23 އަހަރުގެ ބ. ކަމަދޫ ޒާރާ އަކީ މިދިޔަ ބޮޑު ޢީދުކުޅިވަރުގެ ތެރޭގައި ބުރުސޫރަ ރިވެތިކަމަށާއި، ނެށުމުގެ ފަރި ޙަރަކާތްތަކަށް މަޝްހޫރު ވެެގެންދިޔަ އަންހެން ކުއްޖެކެވެ. އަދި އޭނާގެ ވާހަކަތައް މުޅި ރާއްޖެއަށް ފެތިގެންދިޔަ އެވެ. އެހިސާބުން ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަހުން އޭނާ ހޯދަން ފައިކަތިކުޅައެވެ. އޭގެ ތެރޭގައި ޗަންޕާ އުއްޗު އާއި އެމްޑީއޭގެ ރީތި ޒުވާން ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ވެސް ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް މަހުޖަނު ޤާސިމް އިބްރާހީމް މިފަހަރު ޒާރާ ހޯއްދަވަން އުޅުއްވިކަމެއް އެނގިފައެއް ނެތެވެ.

ބޮޑު ޢީދު ކުޅިވަރުތައް ނިމުމާއި އެކު ޗަމްޕާ އުއްޗު ވެސް ވަނީ އެކުދިން ރިސޯޓަށް ގެންގޮސް ކުޅިވަރު ކުޅުވާ ހައްދަވާފައެވެ. އަދި ސަން ސިޔާމް ވެސް ވަނީ އެމަންޖެ ހޯދުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އާއިލާގެ މީހުންނަށާއި، މުޅި ރަށަށް ބޭނުންވިހާ ކަމެއް ކޮށްދެއްވި ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. އެންމެ ފަހުން ޒާރާ ވެސް ރުހި ޤަބޫލުވެއްޖެ އެވެ. އަދި އެންމެ ފަހުން ޒަވާޖީ ޙަޔާތުގެ ގޮއްޖަހާލީ 55 އަހަރުގެ ޒުވާން އަދި ރީތިކަމަށް މަޝްހޫރު ސަން ސިޔާމް އާއެކު ގައެވެ.

ޒާރާ އާއި ސިޔާމްގެ ކާވެނި ޙަފުލާގައި ވެސް އޮތީ ނާޗަރަންގީތަކާއި ކެއުމާއި ބުއިމާއި ހަދިޔާތަކެވެ. އެތަނުން ކޮންމެވެސް މިންވަރެއް ނުލިބޭ ހަމަ އެކަކު ވެސް މުޅި ކަމަދޫގައި ވެސް ނެތެވެ. އެހެންކަމުން ރާއްޖޭގެ ބައެއް ޢިލްމުވެރިން އެ ކާވެންޏަށް ތަޢުރީފުކޮށް ވާހަކަފުޅު ދައްކަވާފައި ވެއެވެ.

© 2023 milauthuru. All rights reserved.