މިލައުތުރު

ފޭސްބުކް ރެސްޓްރިކްޝަންތަކާއެކު ފަލަސްޠީނުގެ ވާހަކަތައް މަދުވަނީ…

ޔަހޫދީ ޙީލަތްތެރި ރޭވުންތައް ވަނީ ފޭސްބުކަށް ވެސް ފޯރާފައެވެ. އެގޮތުން އިސްރާޢީލް އާއި ދެކޮޅު ވާހަކަތައް އެމީހުން ބަލާ އެފަދަ ފޮޓޯތަކާއި، ޕޯސްޓްތަކާއި، ލިޔުންތައް ރިމޫވްކުރެއެވެ. އަދި މީގެ އިތުރުން އެފަދަ ޕޯސްޓްތައް އެމީހުންގެ ކޮމިއުނިޓީ ސްޓޭންޑާޑް ގައިޑްލައިންތަކާއި ޚިލާފުވާކަމަށް ބުން އެކައުންޓްތަކަށް ފިޔަވަޅު އަޅާކަމުގެ ތުހުމަތުތަކާއި ޝަކުވާތައް ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ކުރަމުން ގެންދެއެވެ.

ޔަހޫދީ ހަނގުރާމަވެރިން އެއްވެސް ޙައްޤަކާނުލާ މައުޞޫމް މުސްލިމް ރައްޔިތުން ޝަހީދުކުރަމުން ގެންދާތީ އެކަމާ ދެކޮޅަށް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އިހުތިޖާޖުތައް ކޮށްފައި ވެއެވެ. އެގޮތުން ފޭސްބުކްގައި ވެސް ވަރަށް ބޮޑަށް

މިހާވަކަތައް ޙިއްސާކުރަމުން ގެންދިޔައެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ފެންނަ އެފަދަ ޕޯސްްޓްތައް ބޮޑުތަނުން މަދުވެއްޖެއެވެ. އެހެން ނަމަވެސް ޣައްޒާގެ ޙާލަތަކަށް އެއްވެސް ބަދަލެއް އަދި ނާދެއެވެ.

ކަންހިނގަމުންދާ ގޮތް ދިރާސާކޮށްލުމަށް މިލައުތުރުގެ ނޫސްވެރިން ކުރި މަސައްކަތުން ހާމަވީ ފޭސްބުކުން އެކައުންޓްތަކަށް ފިޔަވަޅު އެޅުމާއި ދޭއިންޒާރުތައް ގިނަކަމުން އެކައުންޓް ގެއްލިދާނެކަމުގެ ބިރަށްޓަަކައި ބައެއް މީހުން އެފަދަ ވާހަކަތައް ޕޯސްޓްކުރުން ހުއްޓާލާފައި ވާކަމެވެ. އަދި އަނެއްބައި މީހުންގެ އެކައުންޓްތައް އެކި މުއްދަތުތަކަށް ސަސްޕެންޑް ވެފައި ވާކަމެވެ. އެހެންކަމުން ކުރިން އެންމެ ފޯރީގައި ޕޯސްޓްތައް ޖެހި ބައެއް މީހުންނަށް މިހާރު އެއްވެސް ޕޯސްޓެއް ޖެހުމުގެ ހުއްދައެއް ނެތެވެ.

މިކަމުގެ ޝަކުވާތައް ވަރަށް ގިނައިން ފޭސްބުކް ވޯލްއަށް ތިލަވެފައި ހުންނަ މަންޒަރަކީ ވެސް މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ބައެއް މީހުން ބުނާގޮތުގައި ފޭސްބުކްގެ ވެރިޔާއަކީ ވެސް ބޮޑު ޔަހޫދީއެކެވެ.