މިލައުތުރު

ކަމަދޫ ޒާރާގެ ޙަޤީޤީ ލޯބިވެރިޔާ ކަމަށް ބުނާ މީހެއްގެ ފޮޓޯ އާންމުކޮށްފި.

ދިވެހި މަހުޖަނު އަޙްމަދު ސިޔާމް ކާވެނިބައްލަވައިގެން ބ. ކަމަދޫ ނަށާ ޒާރާގެ ޙަޤީޤީ ލޯބިވެރިޔާ ކަމަށް ބުނާ ޒުވާން ފިރިހެން ކުއްޖެއްގެ ފޮޓޯ މިނިސްޓްރީ އޮފް ޖުހާގައި އާންމުކޮށްފި އެވެ.

އެ ފިރިހެން ކުއްޖާގެ ވަނަވަރު ހާމަކޮށްފައި ނެތް ނަމަވެސް ޒާރާ ސިޔާމްބެއަށް އޮޅުވާލާފައި ވާކަމަށް ޖުހާގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން އޭނާ ދުވަހަކު ވެސް މީހަކާ ރައްޓެހި ނުވާކަމަށާއި، ސިޔާމްބެ އަކީ ފުރަމަ ލޯބިވެރިޔާކަމަށް ބުނެފައި ވާކަމަށް ވެސް ކެޕްޝަން ކޮށްފައި ވެއެވެ.

އަހަރުގެ އެންމެ ބޮޑު އަދި އެންމެ މަޤުބޫލް ކާވެނިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ އެ ދެމީހުންގެ ކާވެނީގެ ޙަފުލާތައް އަދިވެސް ދަނީ ކުރިއަށެވެ. ސިޔާމްގެ ރިސޯޓްގައި ކާވެނިކުރެއްވުމަށް ފަހު، ކަމަދޫގައި ވެސް ވަރަށް ކުލަގަދަ ޙަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އަދި އެޙަރަކާތްތަކުގެ ތެރޭގައި ޒާރާގެ ހިތުގައި އޮތް ލޯބި ރަމްޒުކޮށްދޭ ނެށުންތަކާއި، ޑްރާމާތަކާއި، ފޮޓޯ ޝޫޓްތަކާއި، ހިނގާލުންތަކުގެ އިތުރުން ސިޔާމްގެ އަސްތައް ދުއްވުން ވެސް ބޭއްވިފައި ވެއެވެ.

މިނިސްޓްރީ އޮފް ޖުހާގައި ޒާރާގެ ޙަޤީޤީ ލޯބިވެރިޔާގެ ފޮޓޯ އާންމުކުރުމާއެކު އެއީ ކާކުތޯ ބެލުމަށާއި، އެމީހަކު ހޯދުމަށް މީހުން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެހެނީ ޒާރާ އެވަރުގެ ޤުރުބާނީއެއް ވާންޖެހުނު ސަބަބުތައް ހޯދުމަށާއި، ފިރިހެން ކުއްޖާއަށް ބޭވަފާތެރި ވީތޯ ނުވަތަ ރުހުމުގައި ދެމީހުން ވަކިވީތޯ ބެލުމަށްޓަކައެވެ. އެ ކާވެނީގެ ފަހަތުގައި ފޮރުވިފައި ކަންތައްތަކެއް ވާކަމަށް އަބަދުވެސް ތުންތުންމަތިން ކިޔާއުޅެއެވެ.

One Reply to “ކަމަދޫ ޒާރާގެ ޙަޤީޤީ ލޯބިވެރިޔާ ކަމަށް ބުނާ މީހެއްގެ ފޮޓޯ އާންމުކޮށްފި.”

  1. ޝާ

    ކީކޭ ބުނާނީ ދޯ؟ މަހުޖަނަކަށްޓަކައި ލޯބިވެރިޔާ އަށް ދިނީތީ ރޯން ޖެހޭނެ ކަން ޔަގީން. މަހުޖަނު އަދިވެސް ތާކުން ތުންފުއްސެއް ފެންނަ އިރަށް ދުއްވައިގަންނާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.