އައިޝަތު ވަޙީދާ

ފޯކައިދޫ ކައުންސިލްގެ ފަރާތުން އެރަށު ޕޮލިހަށް ބޭނުންވާ އަލިފާން ނިވާ އާލާތް ހަދިޔާކޮށްފި.

ފޯކައިދޫ ކައުންސިލްގެ ފަރާތުން ފޯކައިދޫ ޕޮލިސް ސްޓޭޝަނަށް ބޭނުންވާ އަލިފާން ނިވާ އާލާތް ހަދިޔާކޮށްފިއެވެ. އެތަކެތި ޕޮލިސް ސްޓޭޝަނާ ޙަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް އެވެ.

މިއީ ފޯކައިދޫ ކައުންސިލްގެ ވޭސްޓް މެނޭމަންޓް ޕްލޭންގެ ދަށުން ކުރިއަށް ގެންދާ ސީއެސްއާރު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްެގެ ދަށުން ރަށުގެ މުއައްސަސާތަކުގައި އަލިފާން ނިވާ އާލާތްތައް ހަރުކުރުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ އެފަދަ އާލާތްތައް ހަދިޔާކުރެވިފައި މިވަނީ ފޯކައިދޫ ޕޮލިސް ސްޓޭޝަނަށެވެ.

ށ. ޕޮލިހުން ބުނެފައި ވާގޮތުގައި ފޯކައިދޫ ކައުންސިލަކީ ތަފާތު އެކި ކަންކަމަށް އަބަދުވެސް ދީލަތި އެހީތައް ފޯރުކޮށްދޭ ކައުންސިލެއް ކަމަށާއި، އެކަމަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއެކު އެކައުންސިލަށް ޝުކުރު އަދާކުރާކަމަށެވެ.

ދާދި ފަހުން ވެސް ފޯކައިދޫ ޕޮލިސް ސްޓޭޝަން އިންވެސްޓިގޭޝަން ރޫމަށް ބޭނުންވާ އަޑާއި ވީޑިއޯ ރެކޯޑްކުރާ ސިސްޓަމް އާއި އެހެނިހެން ވަޞީލަތްތައް ވަނީ ހަދިޔާކޮށްފައެވެ.

© 2023 milauthuru. All rights reserved.