މިލައުތުރު

މިފަހަރު އުނބަށް ނުޖަހާ ރާއްޖޭގައި ވޭޕުކުރުން މަނާކުރާނެ ބާއެވެ.

ދިވެހިރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިޔަފާރިކުރުމާއި، އިޝްތިހާރުކުރުމާއި، ބޭނުންކުރުމާ އެއްވެސް ޙާލަތެއްގައި ބެހުން ވެސް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 15 ގެ ފަހުން ވޭޕްގެ ބާވަތްތަކާއި، އެތަކެތީގެ ވަކިވަކި ބައިތައް ރާއްޖެ އެތެރެކޮށް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރުކުރުމާއި، ހިލޭ ބެހުން 15 ޑިސެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާވާފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިފަހަކަށް އައިސް ސަރުކާރުގެ ނިންމުންތައް ބަދަލުކުރަމުން ގެންދާތީ، ރައީސްގެ މި ނިންމެވުން ވެސް އަދި ބަދަލުވެދާނެ ކަމަށް ލަފާކުރެވެއެވެ. އެހެނީ ވޭޕްކުރުމުގެ ފެށުންކަމުގައިވާ ސިނގިރޭޓް މަނާކުރުމެއް ނެތެވެ. އެހެންކަމުން ރައީސްގެ މި ނިންމެވުމަކީ މަދު ބަޔަކަށް ބޮޑެތި މަންފާތަކެއް ލިބޭނެ ނިންމެވުމެކެވެ.

© 2023 milauthuru. All rights reserved.