މިލައުތުރު

އަޖޭ ދޭވްގަންގެ ޙަޤީޤީ ލޯބިވެރިޔާ ތާބޫ އާއި ގުޅިދާނެބާ!

ހިންދީ އެކްޝަން އަދި ލޯބީގެ ފިލްމުތަކުން މަޝްހޫރުވި އަޖޭ ދޭވްގަން އާއި ކާޖޮލްގެ ކާވެނި ރޫޅިފައި ވަނިކޮށް އޭނާގެ ކުރީގެ ލޯބިވެރިޔާ ތާބޫ އާއެކު ޑޭޓް ކުރާކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފި އެވެ.

ދާދި ފަހުން ދެމީހުން އެކުގައި ރޭގަނޑުގެ ނާސްތާއެއް އިންސާފުކޮށްލުމަށް ފަހު ދެމީހުން އެކުގައި ނޫސްވެރިންނަށް ފޮޓޯ ހިއްސާކޮށްފައި ވެއެވެ. އަދި އެވަގުތު ދެމީހުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމާ ހިތްހަމަޖެހުން ކަމަށް ނޫސްތަކުގައި ސިފަކޮށްފައި ވެއެވެ.

އަޖޭ އާއި ކާޖޮލްގެ ނަމޫނާ ޒަވާޖީ ޙަޔާތް ނިމިފައިވާ އިރު، އެދެމީހުންގެ އަންހެން ދަރިފުޅު މިހާރު ވަނީ ބޮޑުވެފައެވެ. ކާޖޮލް އަލުން އެނބުރި އޭނާގެ މަސައްކަތްކަށް ރުޖޫޢަވުމަށް ހިތްވަރު ކުރަމުންދާއިރު، ތާބޫ އަދިވެސް ހުރީ އަޖޭގެ އިންތިޒާރުގައި އެއްވެސް މީހަކާ ލޯބީގެ ގުޅުމެއް ނުބާއްވައެވެ.

ތާބޫގެ އުމުރުން 52 އަހަރު ވެގެންދިޔަ އިރުވެސް މީހަކާ ނީނދެ އަޖޭ ދޭވްގަންގެ އިންތިޒާރުގައި ހުރުމުގެ ނަތީޖާއަކަށްވީ، އޭނާގެ ޙަޤީޤީ ތެދުވެރި ލޯބި އަނބުރާ އަލުން ލިބުންކަމުގައި ބެލިދާނެއެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު، އެދެމީހުން ކޮންމެވެސް ހިސާބެއްގައި އެކުގައި ޒަވާޖީ ޙަޔާތެއް ފަށާނެއެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން އަމީތާބު ރޭކާއަށް ހެދިގޮތް، އަޖޭ ތާބޫއަށް ނަހަދާނެއެވެ. އަދި އެދެމީހުންގެ ސަޕޯޓަރުން ވެސް ތިބީ އެކަމަށްޓަކައި ދުޢާ ކޮށްލަ ކޮށްލައެވެ. ތާބޫ އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ މަޑުމައިތިރި މިޒާޖެއްގެ ތަފާތު ރީތި އަންހެން ހުނަރުވެރި ތަރިއެކެވެ.