މިލައުތުރު

މައި ސަރުކާރަށް ވުރެވެސް ފޯކައިދޫ ކައުންސިލް މާ ފުދުންތެރި.

ށ. ފޯކައިދޫގައި ހުރި އެންމެހާ ސަރުކާރު މުއައްސަސާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަލިފާން ނިވާ އާލާތްތައް ދީފައި ވަނީ ވެސް ފޯކައިދޫ ކައުންސިލުންނެވެ. އެގޮތުން ފޯކައިދޫ ސްކޫލާއި، ޞިއްޙީމަރުކަޒާއި، ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ކުއްލި އަލިފާނުގެ ޙާދިސާތަކުގައި ބޭނުންކުރާ އާލާތްތައް ވަނީ ހަދިޔާ ކޮށްފައެވެ.

ސަރުކާރަށް 10 މަސް ވެގެންދިޔަ އިރު ފޯކައިދޫއަށް އެއްވެސް ކަމެއް ކޮށްދެވިފައެއް ނެތެވެ. އެހެން ނަމަވެސް ކައުންސިލް އޮތީ ކުޅިބަލަން ތިބޭގޮތަކަށް ނޫނެވެ. ރަށަށް ބޭނުންވާ އެންމެހާ ކަމެއް އެއްވެސް ފަސްޖެހުމެއް ނެތި ގެންދަނީ ކުރަމުންނެވެ. ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި، މަގުތައް އެއްވަރުކުރުމާއި، ފެންބޮޑުވާ މައްސަލަ ޙައުލުކުރުމާއި، ޒަމާނީ ދަނޑުގޮވާން ކުރުމަށް ބޭނުންވާ ގްރީންހައުސްތައް ބެހެއްޓުމާއި، ޕާކުތަކާއި، ގެސްޓްހައުސް އާއި، މޮނިއުމަންޓްތައް ފަރުމާކުރުން ފަދަ އެތަކެއް މަސްރޫޢުތަކެއް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި އެއްވެސް ކަމެއް ދަތި އޮތްހެނެއް ހިޔެއް ނުވެއެވެ. މިހުރިހާ ކަމެއްގެ ޖުމުލަ ޚަރަދު ހަމަ ޔަޤީނުން ވެސް އެތައް މިލިޔަނަކަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ. ފޯކައިދޫގައި އޮތީ ސައްތައިން ސައްތަ އިދިކޮޅު އެމްޑީޕީގެ ކައުންސިލެކެވެ.

© 2023 milauthuru. All rights reserved.