މިލައުތުރު

ހުޅުމާލޭ ސްޕާއެއްގައި ހަށިން ވިޔަފާރިކުރަން އުޅުނު ށ. އަތޮޅުގެ ދެ ތަރިން ހައްޔަރުކޮށްފި.

ހުޅުމާލޭގައި މަސާޖުޕާލާއެއްގައި ހަށިވިއްކަން އުޅުނު 7 މީހަކު އަތުލައިގަނެ ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ށ. އަތޮޅުގެ ދެ އަންހެނުން ވެސް ހިމެނެއެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މަސާޖުކުރާތަން ބަލާ ފާސްކޮށް ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ތިން އަންހެނަކާ ބިދޭސީ ތިން އަންހެނެއްގެ އިތުުރުން ދިވެހި ފިރިހެނެކެވެ. އަދި އޭގެތެރޭގައި ށ. ފުނަދޫގެ ދެ ތަރިން ވެސް ހިމެނެއެވެ. އެއީ ށ. ފުނަދޫ ނޫބަހާރުގޭ ފާޠިމަތު ސިއުނާ (42 އަހަރު) އާއި، ށ. ފުނަދޫ ޒާމިޔާ ޝިއުނާ ޙުސައިން (36 އަހަރު) އެވެ.

ށ. ފުނަދުއަށް ނިސްބަތްވާ މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގައި އޮތް ޝަރީޢަތުގެ މަޖިލީހުން ކަނޑައަޅާފައި ވަނީ ތަޙްޤީޤު ކުރުމަށްޓަކައި ދެމީހުން ވެސް 7 ދުވަހަށް ބަންދުގައި ބޭތިއްބުމަށެވެ.

© 2023 milauthuru. All rights reserved.