މިލައުތުރު

ޓިކްޓޮކް ތަރި “ފަރުމާ” އިންނާނަމޭ ބުނެ ފިރިހެނަކު ހައްދާލުމަށް ފަހު ލޫޓުވާލައިފި.

ދިވެހި ޓިކްޓޮކް ތަރި ފަރުމާ ނުކުޅެދުންތެރިކަން ހުންނަ ދިވެހި ފިރިހެނަކަށް ދަޅަދައްކާ ހައްދާލައިގެން އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ލޫޓުވާލައިފިއެވެ. އޭނާ އާއި ކާވެނިކުރަން ކަމަށް ބުނެގެން މާލެ ދިއުމުން އޭނާ ލޫޓުވާލީ ޓިކްޓޮކް ތަރި “ފަރުމާ” ކަމަށް ބައެއް މަޝްހޫރު ފޭސްބުކް ޕޭޖްތަކުގައި ރިޕޯޓް ކޮށްފިއެވެ.

ކައިވެނި ކުރަން ތައްޔާރުވެގެން އޮކްޓޯބަރު 7 ގައި އޭނާ މާލެ ދިޔަކަމަށާއި، ކައިވެންޏަކަށް ދިޔަތީ 20000 ރުފިޔާ ވެސް ހިފައިގެން ދިޔަކަމަށާއި، މާލޭގަ ހުރުމާ ކެއުމާ އެހެނިހެން ކަން ކަމަށް އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް އެކި ޚަރަދު ތަކަށް ”ޓިކްޓޮކް ތަރި“ އަތުލާ ހުސްކޮށްލި ކަމަށެވެ. އަދި ކައިވެނި ފޯމް ލައިދޭ މީހާ އަށް ވެސް 3000 ރުފިޔާ ދޭން ޖެހުނު ކަމަށާއި، ކައިވެނީގެ ރަނަށް ކީ 2400ރ ރުފިޔާ ކަމަށާއި، އެފައިސާ ވެސް އެވަގުތު ދިނީ ކަމަށާއި، އޭނާއަށް ކައިވެނީގެ އެއްވެސް ކަމެއް ދަންނަ މީހަކަށް ނުވާތީ ކަމަށާއި، އެކަން އެމީހުންނަށް ވެސް އެނގޭތީ ޓިކްޓޮކް ތަރި އާއި އޭނަގެ ރައްޓެހިން އެ ފިރިހެން މީހާ މޮޔަ ހެއްދީ ކަމަށެވެ.

ފިރިހެން މީހާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެ އިތުރަށް ދޭނެ ލާރިޔެއް ނެތުމުން ދެން ބުނީ ”ތިހާ ކުޑަ ލާރިކޮޅެއް ހިފައިން އުޅޭ މީހަކާ މިޒަމާނުގައި އިނދެގެން އުޅޭނީ ކިހިނެތް ހޭ” ކަމަށާއި، މަލާމާތާ ފުރައްސާރަ އެވަރަށް ކުރި ކަމަށެވެ. އެންމެ 2 ދުވަހުން 20000 ރުފިޔާ ތަޅާ ހުސްކޮށްލި ކަމަށާއި، ކައިވެނި ކުރަން ފޯމް ހުށަހެޅި ތޯ އެހީމަ ބުނެފައި ވަނީ އުފަންދުވަހުގެ ސެޓްފިކެޓް ނުފެނުން ކަމަށާއި، އެ ނެތި ނުވާނެ ކަމަށާއި، މިހާރު އައިޑީ ކާޑާ އެކު އެވެސް ލާާން ޖެހޭ ކަމަށެވެ. އަދި ފަހުން ފިލައިގެން ދިޔައީ ކަމަށެވެ.

އެ ފިރިހެން މީހާ އެނބުރި ރަށަށް ދާނެ ލާރިއެއް ވެސް ނެތި އޭނާ މާލޭގައި ޙާލުގައި ޖެހުނު ކަމަށް ވެސް ބުނެފައި ވެއެވެ. ޓިކްޓޮކް ތަރީގެ ރަހުމަތްތެރިޔާ އަށް ކައިވެނީގެ ފޯމު ނުލެވުމުން އެކަމަށް ނެގި ފައިސާ ކަމުގައިވާ 3000 ރުފިޔާ ދިނުމަށް އެދުނު ކަމަށާއި، އޭގެތެރެއިން ވެސް ދިނީ 1000 ރުފިޔާ ކަމަށެވެ. މި މަހުގެ 9 ވަނަ ދުވަހު އެނބުރި ރަށަށް ދެވިއްޖެ ކަމަށެވެ. މުޅި ރަށުގެ އެންމެނަށް ވެސް އޭނާ މާލެ ދިޔައީ ކައިވެނިކުރަން ކަން އެނގޭނެތީ ލަދުން މީހަކަށް މޫނު ދިއްކޮށްލަން ނުކެރިފައި ހުރިކަމަށެވެ.

މިވާހަކަތައް އަޑުއަހާފައި އޭނާ އަކީ ފިރިހެނެކަށް ވާތީ ގިނަ ބަޔަކު މަލާމާތް ކޮށްފާނެ ކަމަށާއި، ކީއްވެތޯ އެގޮތަށް ޚަރަދު ކުރީ އަހާނެ ކަމަށާއި، ގަދަކަމުން ތޯ ޓިކްޓޮކް ތަރި ފައިސާ އަތުލީ ސުވާލުކުރާ މީހުން ގިނަވާނެ ކަން އެނގޭ ކަމަށެވެ. ކައިވެންޏެއް ކުރަން އުޅޭއިރު ކައިވެންޏަށް ވެސް ޚަރަދުކުރަންް ޖެހޭނެތީ، 15000 ރުފިޔާގެ ބެންކު ލޯނެއް ވެސް ގެނިފައި ވާކަމަށާއި، އެފައިސާ ވެސް މިހާރު ދައްކަން ޖެހިފައި ވާކަމަށެވެ. އަދި އެއީ ވެސް ކައިވެންޏަށް އިތުރު ޚަރަދުތައް ދާނެތީ ޓިކްޓޮކް ތަރި ބުނެގެން ނެގި ލޯނެއް ކަމަށެވެ. އެހެންކަމުން ބައިލައްކައެއް ހާ ރުފިޔާ ގެއްލިއްޖެ ކަމަށެވެ.

އެ ޓިކްޓޮކް ތަރި އަކީ 46 އަހަރުގެ އަންހެނެއް ކަމާއި، ފިރިހެން މީހާ އަކީ 36 އަހަރުގެ މީހެއް ކަމަށް ވެއެވެ. ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. އެއީ ވެވޭ އެއްޗެކެވެ. އުމުރަކީ ހަމަ އެކަނި ނަންބަރެކެވެ.

3 Replies to “ޓިކްޓޮކް ތަރި “ފަރުމާ” އިންނާނަމޭ ބުނެ ފިރިހެނަކު ހައްދާލުމަށް ފަހު ލޫޓުވާލައިފި.”

  1. ފާތުމް

    މިއަދު ހެނދުނުވެސް ލައިވްގަ ހުރެ ބުނީ މީހުން ދައްކާ ދޮގުވާހަކައޭ..ހަބަރުގަ އެމީހަކު ބޭނުން އެއްޗެ ޖެހޭނެނޫންހޭ…

  2. ލީނާ

    އަންހެނުނަށް ހުތުރުއަރުވަން އިންސާނުންގެ ސިފައިގައި ހުރި ޖަނަވާރެއް

  3. ޙަމީދު

    ތި ފިރިހެނަކީ ދޮގުހަދަން ނުދަންނަ މީހަކީ ބާ !

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.