މިލައުތުރު

ޒުވާން ވިޔަފާރިވެރި މޮޑެލް ޖުނާ ޖަލީލް (ޖުނާ) ދިވެހި ފިރިހެނުންނަށް ކުރަނީ ބޮޑު ތުހުމަތެއް!

އަމިއްލަ ވިޔަފާރިކުރާ ޒުވާން އަންހެނެއްގެ ގޮތުގައި ފޭސްބުކްގައި ޕްރޮފައިލް ކޮށްފައިވާ ޖުނާ ޖަލީލް (ޖުނާ) ގެ ބޮޑު ތުހުމަތެއް ދިވެހި ފިރިހެނުންގެ ބޮލުގައި އަޅުވައި، ސޯޝަލް މީޑިޔާގައި ޢާންމު ކޮށްފިއެވެ.

ޖުނާ ބުނެފައިވާ ގޮތުގައި ރާއްޖޭގެ އައްޑިހަ އިންސައްތަ ފިރިހެނުންގެ މީހާ ކަށަވަރުކުރަން ޖެހޭ އޮރިޔާންކާޑު އޭނާގެ އަތުގައި އެބަހުރި ކަމަށާއި، އެވްރެޖުކޮށް ދުވާލަކު 3 ނުވަތަ 4 މީހުންގެ ކުރިމަތިފަރާތް ފެންނަ ޕޮޓޯތައް އޭނާއަށް ލިބޭކަމަށާއި، އެކަމަކު އަބަދުވެސް ބަޑިކަމުން ނަންވާނީ އަންހެނުން ކަމަށެވެ.

ޖުނާގެ ފޭސްބުކް ޕޭޖުން ނަގާފައި

ޖުނާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފިރިހެނުންގެ ތެރެއިން 235،084 މީހުންގެ ޝަހުވަތްތެރި ގުނަވަންތައް އޭނާއަށް ފޮޓޯ އާއި ވީޑިޔޯގެ ޒަރީއާއިން ވަނީ ފެނިފައެވެ. މި އަދަދު ހޯދާފައި މިވަނީ ރާއްޖޭގެ ފިރިހެނުންގެ ޖުމުލަ އާބާދީ ކަމުގައިވާ 293،855 ގެ %80 އަށް ވާ އަދަދު ހޯދައިގެންނެވެ.

ޖުނާގެ ފޭސްބުކް ޕޭޖުން ނަގާފައި

ޖުނާ ކޮށްފައިވާ ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައި ހުރި އިރު، އޭނާއާ އެއްކޮޅަށް ވެސް ކޮމެންޓްތައް ކޮށްފައި ހުއްޓެވެ. އެހެން ނަމަވެސް ގިނަ ކޮމެންޓްތަކުގައި، އޭނާގެ އަދަދުތަކާ މެދު ސުވާލުއުފައްދާފައި ވެއެވެ. އެގޮތުން ބައެއް މީހުން ބުނެފައިވާ ގޮތުގައި 80 މީހުން ކަމުގައި ވެދާނެ ކަމަށާއި، އެހެން ނަމަވެސް %80 މީހުން ކަމުގައި ވުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ.

އޭނާގެ މި ތުހުމަތުތަކަށް ޚިޔާލު ހޯދުމަށް މަޝްހޫރު ފޭސްބުކް ޕޭޖުތަކުގަައި ޙިއްސާކޮށްފައި ވެއެވެ. އެފަދަ އޮޅިތަކުގައި ވެސް އޭނާގެ މި ތުހުމަތުތަކާ އެއްކޮޅަށް ކޮށްފައި ހުރި ކޮމެންޓްތައް ނިސްބަތުން މަދުކަން ފާހަގަ ކުރެވެއެވެ.

One Reply to “ޒުވާން ވިޔަފާރިވެރި މޮޑެލް ޖުނާ ޖަލީލް (ޖުނާ) ދިވެހި ފިރިހެނުންނަށް ކުރަނީ ބޮޑު ތުހުމަތެއް!”

  1. ހިލްމީ

    ބުހުތާން ދޮގު ދިޔަ ދިރާސާ ދިމާ ވަނީ ދިރާސީ އަހަރާއި މިގައުމުގެ އާބާދީ އަކާއި ނުން.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.