މިލައުތުރު

ދިވެހިރާއްޖޭގެ ހުރިހާ އަންހެނުން ވެސް ޤަވައިދުން އުރަމަތި ބަލަންޖެހޭ – މެޑަމް ސާޖިދާ

ދިވެހިރާއްޖޭގެ ހުރިހާ އަންހެނުން ވެސް ޤަވައިދުން އުރަމަތި ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެގޮތުން ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ރާއްޖޭގެ 40 އަހަރުން މަތީގެ ހުރިހާ އަންހެން ބޭފުޅުންވެސް ހެދުމަކީ މުހިއްމުކަމެއްކަމަށާއި، އެއުމުރުފުރާގެ ބޭފުޅުން ވީހާވެސް އަވަސް އަވަހަށް އުރަމަތި ޗެކުކުރުން މުހިންމު ކަމަށެވެ.

އަންހެނުންގެ އުރަމައްޗަކީ ވަރަށް މުހިންމު ގުނަވަނެއް ކަމަށް ވާތީ އެކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު ގައި ވާހަކަފުޅުދައްވަމުންނެވެ.

ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ އުރަމަތީގެ ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށާއި، އުރަމަތީ ކެންސަރަކީ ބަލިން ފަސޭހަވުމަށް ފަހު ވެސް އޭގެ އަސަރުތައް ތަޙައްމަލްކުރަންޖެހޭ ބައްޔެއް ކަމަށާއި، އެންމެ އުފާވެރި ވަގުތުކޮޅު ވެސް ގެއްލިދާނެ ކަމަށެވެ.

© 2023 milauthuru. All rights reserved.