މިލައުތުރު

ވެމްކޯ މުވައްޒަފަކު ސަލާމް ބުނާ ނަމަ 8 ގަޑިއިރު ކުރިން އަންގަންޖެހޭ ގޮތް ހަދައިފި.

ވެމްކޯގެ މަސައްކަތްތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުން ޢަމަލު ކުރަންޖެހޭ ގޮތުގެ ޤަވާއިދުގެ 05 ވަނަ މާއްދާ އިސްލާޙުކޮށް، އެ އިޞްލާހުގެ ދަށުން ސަލާމުގެ ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީ އެންގުމަށް ކަނޑައެޅިފައިވާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ހަމަޖައްސައިފި ކަމަށް އެކޯޕަރޭޝަންގެ އިންޓާނަލް މެމޯއަކުން އަންގައިފިއެވެ.

އެ އިސްލާޙުގައިވާ ގޮތުން 01 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން ޑިއުޓީ ތާވަލަށް މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހެދުނުގެ ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސަލާމުގެ ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީ ވެސް މަސައްކަތު ގަޑި ފެށުމުގެ 8 ގަޑިއިރު ކުރިން ސަބަބު ބަޔާންކޮށް އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެ ކަމަށް މެމޯގައި ބުނެފައި ވެއެވެ. އަދި މަޤުބޫލު އުޛުރަކާނުލާ ހެނދުނު ޝިފްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތުގެ ގަޑި ފެށުމުގެ 8 ގަޑިއިރު ކުރިން އެކަން ނާންގައިފި ނަމަ، އެ މުވައްޒަފެއްގެ ސަލާމާއި ޗުއްޓީ ބަލައިނުގަނެ، އެ ދުވަހަކީ ވަޒީފާއަށް ހާޟިރުނުވާ ދުވަހެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. ނަމަވެސް މަގުބޫލު އުޛުރެއް މެދުވެރިވެގެން، މަސައްކަތު ގަޑި ފެށުމުގެ 8 ގަޑި އިރުކުރިން ސުޕަވައިޒރަށް އެކަން ނޭންގޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ޙާލަތަށް ރިޢާޔަތްކޮށް، ޗުއްޓީ ބަލައިގަތުމުގެ އިޚުތިޔާރު އެ މުވައްޒަފަކު މަސައްކަތްކުރާ ޑިޕާޓްމަންޓަށް ލިބިގެންވާކަމަށެވެ.

މިއީ 23 ޖުލައި 2024 ގައި ޖެނެރަލް މޭނޭޖަރ ހިއުމަން ރިސޯސް އައްޒާ އަލީ ރައުފާގެ ފަރާތުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވާ އެންގުމެކެވެ. އެހެން ނަމަވެސް މިއީ ވަޒީފާ އާއި ބެހޭ ޤާނޫނުގެ ރޫޙާ މުޅިން ޚިލާފު ގޮތެކެވެ. އަދި މިއީ ތަންފީޒު ވުމަށް ވުރެ ނުވުން ގާތް، އެއްވެސް ހަރުދަނާ ކަމެއް ނެތް ނިންމުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

One Reply to “ވެމްކޯ މުވައްޒަފަކު ސަލާމް ބުނާ ނަމަ 8 ގަޑިއިރު ކުރިން އަންގަންޖެހޭ ގޮތް ހަދައިފި.”

  1. Husheynu

    mila uthuruge noos verin thedheh hadhayfi nama kandu fatthhaane kamah noohuge veriyaa angayfi..

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.