މިލައުތުރު

އާޓިފިޝަލް ބީޗުން މިރޭ ފެނުނީ އެއްވެސް ޖެހިލުމެއް ނެތި ހިންދޫ ކަރުވާ ޗޯތު ފާހަގަކުރުމުގެ ޙަރަކާތްތަކެއް!

ހިނދޫ ދީނުގައި ފާހަގަކުރާ ދުވަހެއް ކަމަށްވާ ކަރުވާ ޗޯތު ފާހަގަކުރުމަށްޓަކައި ހިންދޫ ދީނުގެ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ހެންވޭރު އާޓިފިޝަލް ބީޗަށް ޖަމާވެއްޖެެވެ.

މިއަހަރުގެ ކަރުވާ ޗޯތު ދުވަހަކީ 20 އޮކްޓޯބަރ 2024 (އާދީއްތަ) ކަމަށް ހިންދޫ ކަލަންޑަރުގައި ވެއެވެ. މި ދުވަހަކީ ކައިވެނި ކޮށްގެން އުޅޭ އަންހެނުން އެމީހުންގެ ފިރިންގެ އުމުރު ދިގުކުރުމަށް އެދި ރޯދަހިފައި، ހަނދު ފްރޭމަށް ލައިގެން ބެލުމާއި، ފެންއެޅުމާއި، ހަދިޔާ ދިނުމާއި، އަޅުކަންކުރުމުގެ ކިޔެވެލިތައް އޮންނަ ދުވަހެކެވެ.

މިރޭގެ 8:30 އާއި 9:30 ދެމެދު މުޅި ހެދިގޮނޑުދޮށުގައި އޮތީ ހިންދޫންގެ ކަރުވާ ޗޯތު ފާހަގަކުރުމެވެ. އަދި އަންހެނުންގެ ބޮލަށާއި، ފަޔަށް ފެންއެޅުމަށް ފަހު ރޯދަ ވީއްލުމަށް ފެންބޯ މަންޒަރުތައް މިލައުތުރުގެ ނޫސްވެރިން ދިރާސާކޮށްފައި ވެއެވެ.

އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ އެއްެވެސް ޖެހިލުމެއް ނެތި، މިނިވަންކަމާއެކު އެމީހުންގެ ދީނީ ފެސްޓިވަލްގެ އެންމެހާ ކަމެއް އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަކަމެވެ. އަދި އެ ސަރަޙައްދުގައި ޙަރަކާތްތެރިވި ފުލުހުން ވެސް އެއްވެސް ވަރަކަށް އެކަމަށް ސަމާލުކަމެއް ނުދިންކަމެވެ. އެހެންކަމުން ބެލެވެނީ އެއީ ހުއްދަ ލިބިގެން އެމީހުން ހިންގި ޙަރަކާތްތަކެއް ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.