މިލައުތުރު

އަހަރުގެ ބޮޑު ކައިވެންޏަށް ފަހު ޒާރާ އަދިވެސް ބޭރަށް ނުނިކުމެ އަރާމުކުރުމުގައި…

އަހަރުގެ އެންމެ ބޮޑު ކައިވެނީގެ ގޮތުގައި އަޑު ފެތުރިގެންދިޔަ ބ. ކަމަދޫ ނަށާ ޒާރާ އާއި ވިޔަފާރިވެރިޔާ ސަން ސިޔާމްގެ ކައިވެންޏަށް ފަހު ބޭރަށް ނުނިކުންނަވާ ކަމަށާއި، ވަގުތު ހޭދަކުރައްވަނީ އަރާމުކުރުމުގައި ކަމަށް ވެއެވެ.

އެ ދެމީހުން ކައިވެނި ބައްލަވައިގަތީ އޮކްޓޯބަރު 10 ގައެވެ. ހަފުތާއަކަށް ދެމިގެންދިޔަ ޙަފުލާތަކަށް ފަހު އަރާމުކުރައްވަން ބޭނުންފުޅު ވާނެކަމަށް އެކުވެރިންގެ ފަރާތުން މަޢުލޫމާތު ލިބެއެވެ. އެހެނީ ރަންކިއުމުގެ ޙަފުލާގައި ވެސް ޒާރާގެ ފަރާތްޕުޅުން ސިޔާމަށް ލަވަޔާއި ނެށުންތައް ހުށަހަޅުއްވާފައި ވެއެވެ. އަދި ވަކިން ޚާއްސަކޮށް ޒާރާގެ އުފަން ރަށްކަމުގައިވާ ކަމަދޫގައި ބޭއްވި ޙަފުލާތަކުގައި ޒާރާގެ ނެށުމުގެ ފަރި ޙަރަކާތްތައް ގިނައެވެ.

އެ ދެމަރިފިން އަސް ދުއްވުމާއި، ބީޗް ވޯކުތަކާއި، ރޮމޭންޓިކް ޑިނާތަކާއި، ފޮޓޯ ޝޫޓުތައް އެއް ހަފުތާ ވަންދެން ދެމިގެންދިޔައެވެ. އެހެން ކަމުން ވަރުބަލިވާނެއެވެ. އަދި އަރާމުކުރައްވަން ބޭނުންފުޅު ވާނެއެވެ. އެހެން ނަމަވެސް ކުރިން އަންދާޒާ ކުރެވުނު ގޮތާ ޚިލާފަށް 55 އަހަރުގެ ސިޔާމް ފެނުނީ ވަރަށް ތަފާތު ކޮށެވެ. ޖެހިގެން އައި ދުވަހު ވެސް މަޖިލިސް އަށް ވަޑައިގެން ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވާ ބަހުސް ކުރެއްވިއެވެ.

ކައިވެންޏަށް ފަހު ސިޔާމް ފެނުނީ ވަރަށް ފްރެޝްކޮށް މޫނުމަތި އުޖާލާކޮށެވެ. އެހެންކަމުން ޒާރާ ދެކިލާހިތުން ސަޕޯޓަރުން މިހާރު ތިބީ ކެތްމަދުވެފައެވެ.

2 Replies to “އަހަރުގެ ބޮޑު ކައިވެންޏަށް ފަހު ޒާރާ އަދިވެސް ބޭރަށް ނުނިކުމެ އަރާމުކުރުމުގައި…”

  1. ޝާމާ

    ތިވެސް ވެދާނެ ގޮތެއް.

  2. ކިނާރީ

    ދެމީހުން މެރީކުރީ ބަނޑުބޮޑުވެގެން ކަމުގައި އަޑުއިވޭ. އެކަމާ ހެދި ޒާރާގެ ދައްތަ ޝިޔާމަށް ކުރިމަތިކުރުވި ޕްރެޝަރާއެކު ކައިވެނިކުރީ. އެހެންވެ މާބަނޑުވުމުން އަރާމުކުރަނީ

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.