A sandy beach with clear blue water under a partly cloudy sky

މިލައުތުރު

ބޮޑުމަސް ދިރާސާކުރަން ރާއްޖެއައި ސިންގަޕޫރު ކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އުޅޭ ބޮޑުމަހާ ގުޅޭ ދިރާސާއެއް ކުރުމަށް ރާއްޖެ އައިސް އުޅޭ ސިންގަޕޫރްގެ ޓީމެއްގައި ހިމެނޭ 15 އަހަރުގެ ކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެއެވެ.

ދިވެހި ފުލުހުން މަޢުލޫމާތު ދިންގޮތުގައި އދ. ދިގުރަށް ކައިރީގައި ހިނގި މި ހާދިސާގައި މަރުވީ އުމުރުން އެންމެ 15 އަހަރުގެ ސިންގަޕޫރުގެ ކިޔަވާ ކުއްޖެއް ކަމަށެވެ. އަދި ދޯނީގެ ބުރަފަތީގައި ޖެހުނީ ސްނޯކްލިން އަށް މޫދަށް ފުންމާލި ވަގުތު ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގުމާއެކު އެ ކުއްޖާ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އެހެން ނަމަވެސް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އެހެން ނަމަވެސް ލިބިފައި ވަނީ ކިހާވަރެއްގެ ޒަޚަމްތަކެއްކަމެއް ތަފުޞީލުކޮށްދީފައެއް ނުވެއެެވެ. ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގުކުރަމުން ކަމަށެވެ.

© 2023 milauthuru. All rights reserved.