ޝާން މުޙައްމަދު

ތިން ބާވަތުން ހާހަކަށް ވުރެ ގިނަ ބަސްތާގެ ކާޑު ބަރުކޮށްގެން ދިޔަ ދޯނި ފަރަަށް އުރި ބޮޑު ގެއްލުމެއް.

އަމިއްލަ ފަރާތަކުން ގއ. ނިލަންދު އާއި ދާންދު އަށް ހަދިޔާކުރި 1،070 ބަސްތާގެ ކާޑާއެއްކޮށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށް އަރާފައި ވަނީ “ލިއޯ ވިންގް” ނަމަކަށް ކިޔާ ދޯންޏެކެވެ. މިއަދުގެ ވަގުތެއްގައި ފަރަށް އެރި މި ދޯނީގައި ތިން ބާވަތުގެ ކާޑު ހިމެނެއެވެ. ބޯޓުން ގެންދިޔަ ގިނަ އަދަދެއްގެ ކާޑު ބަސްތާތައް ވަނީ ކަނޑަށް ވެއްޓިފައެވެ.

މި ތަކެއްޗަކީ ކުރިޔަށް އޮތް ރޯދަމަހާ ދިމާކޮށް ލިއޯ ޓްރޭޑިންގް ގެ ޗެއާމަން އަބްދުﷲ ސަވާދު، ނިލަންދު އާއި ދާންދު އަށް ފޮނުވި ކާޑެވެ.

ފަރަށް އެރި ”ލިއޯ ވިންގް“ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމަށް ބަލައިގެން ކަނޑުދަތުރަށް ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިހާރުގެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ވަނީ ސަމާލު ނެރެފައެވެ.

© 2023 milauthuru. All rights reserved.