ޤުދުރަތީ ގޮތުން އުފެދިފައިވަނީ ގާމަތީ ރަށެއްގެ ގޮތުގައި ކަމަށް ބުނެ ސަރުކާރުތަކުން އިހުމާލުވެފައި އޮތް ށ. ފޯކައިދޫގެ މަލަމަތި ބަދަލުކޮށްލެއްވީ ފާއިތުވި އެމްޑީޕީގެ ސަރުކާރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.
އެހެން އެއްވެސް ސަރުކާރަކަށް ނުވިހާ ކަމެއް އެމްޑީޕީ ސަރުކާރުން ވަނީ ފުރިހަމަ ކޮށްދެއްވާފައެވެ. އެެހެންކަމުން ފޯކައިދޫ އަކީ މިހާރު އެހެން ރަށެކޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަސާސީ ޚިދުމަތްތަކާއި އިޖުތިމާޢީ ޚިދުމަތްތައް ފުރިހަމަވެފައި އޮތް ތަޢުލީމީ ޒުވާނުން ގިނަ ރަށެކެވެ.
ރޭގަނޑު ވުމުން ފޯކައިދޫގެ މަލަމަތިން ފެންނަ މަންޒަރުތައް ދެކިލުމަށް މީހުން ބަނދަރު ސަރަޙައްދަށް ޖަމާވެ ފޮޓޯ ނަގާ ހަދައެވެ. މިއީ އެރަށުގެ ރައްޔިތުން އުފަލާއެކު ފާހަގަކުރާ އަދި ޝުކުރުވެރިވާ ކަމެކެވެ.
ފޯކައިދޫގެ ރައްޔިތުން ޤަބޫލުކުރާގޮތުގައި އެރަށުގެ ތަރައްޤީގެ ބާނީ އަކީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުޙޫމް ޙުސައިން ވަޙީދުއެވެ.