މިލައުތުރު

ށ. ފޯކައިދޫގައި 150 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވާތީ ރައްޔިތުން އުފަލުން ފޮޅިފައި.

މި ސަރުކާރުން 57 ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާ 12،000 ހައުސިން ޔުނިޓުގެ ތެރެއިން ފޯކައިދޫގައި 150 ޔުނިޓަށް ވުރެ މަދުނޫން އަދަދަކަށް ހައުސިން ޔުނިޓް އަޅާގޮތަށް ހަމަޖެހިފައިވާތީ، ފޯކައިދޫގެ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.

އަދި އެމީހުންގެ ލޮބުވެތި މަޖިލިސް މެންބަރު މިހާރު ވެސް ފޯކައިދޫގައި ހުންނަވައިގެން މަސައްކަތް އަވަސްކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމީ ވަކިން ބޮޑަށް އުފާކުރާ ކަމެއް ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އަދި ރަށުގެ ވަށައިގެން ތާރުމަގެއް ހަދާގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށާއި، އިއްޔެގައި ވެސް ސަރުކާރުގެ އެތަކެއް ވަޒީރުންނެއް ގެންނަވާ ރަށުގައި ކުރާންޖެހިފައިހުރި އެފަދަ ހުރިހާ ކަމެއްގެ މަޢުލޫމާތު ޙިއްސާކުރައްވާފައިވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރަކީ މުޙައްމަދު އިބްރާހީމް (ތެޔޮ މުޙައްމަދު) އެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.