އިންޑިޔާގެ މަގުމަތީ ސައި ވިއްކުމަށް އުޅުނު ޗާއީ ވާލާ ދިވެހިރާއްޖެއަށް އައިސްފައި އެނބުރި ގޮސް ދުބާއީގައި ވިޔަފާރި ފަށައި، އޮފީސް ހުޅުވައިފިއެވެ.
ވަރަށް އާދައިގެ ގޮތަކަަށް ސައި ވިއްލާ ޓްރޯލީއެއްގައި އިންޑިޔާ މަގުމަތީ އުޅުނު ޑޯލީ ޗާއީ ވާލާ އަކީ މިހާރު ވަރަށް މަޝްހޫރު މީހަކަށް ވުމުގެ އިތުރުން އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެއް ވެސް މެއެވެ. އޭނާގެ ސައި ހެދުމުގެ ހަރަކާތްތަކަށް މީހުންގެ ބޮޑު ސަމާލުކަމެއް ލިބި، ސޯޝަލް މީޑިޔާގައި ތަރިއަކަށް ވުމާއެކު މިހާރު އޭނާގެ ޙާލަތު ވަނީ މުޅިން ބަދަލުވެފައެވެ.
ޗާއީ ވާލާ އަކީ މިހާރު އިންޑިޔާގެ އިތުރުން ދިވެހިރާއްޖޭގައި ވެސް ސެލެބުރިޓީއެކެވެ. އޭނާ ރާއްޖެއަަށް ޗުއްޓީ ހޭދަކޮށްލަން އައި ދަތުރުގައި އޭނާގެ ސަޕޯޓަރުންނާއެކު ވަގުތު ހޭދަކުރުމުގެ އިތުރުން ޗާއީ ވާލާ ސްޓައިލްގައި ސައި ކައްކާފައި ވެއެވެ. އަދި އޭގެ ފަހުން ދުނިޔޭގެ އެހެން ޤައުމުތަކުގެ މަހުޖަނުން ވެސް ވަނީ އެމީހުންގެ ޕާޓީތަކުގައި ސައި ހަަދަން ޑޯލީ ގެންގޮސްފައެވެ.
ޑޯލީ ޗާއީ ވާލާ އަކީ މިހާރު ބޮޑު ވިޔަފާރިވެރިއެކެވެ. އެގޮތުން އެކި ބާވަތްތަކުގެ މުދާ އެކި ޤައުމުތަކަށް އެކުސްޕޯޓުކުރުމުގެ ވިޔަފާރި ފުޅާކޮށް ދުބާއީގައި ވިޔަފާރި އޮފީހެއް ވެސް ވަނީ ހުޅުވާފައެވެ.