މިލައުތުރު

ފުރާ ކޮންމެ މީހަކަށް 1000 ޑޮލަރު ލިބެންފަށާނީ 2026 ވަނަ އަހަރުގެ ފަހުން – ސަރުކާރު

ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރު ލިބުމުގެ ތާށިކަން ފިލުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅުއްވައި، ރައްޔިތުންނަށް ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެމަގު ފަހިކުރުމުގެ ގޮތުން ފުރާ ކޮންމެ ދިވެއްސަކަށް 1000 ޑޮލަރު ލިބޭގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައި ވެއެވެ.

ރިސޯޓުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ދިވެހި ބޭންކަށް މާރުކުރަން ލާޒިމުކުރާ ޤަވައިދެއް ތަންފީޒުކުރަން ވަނީ ފަށާފައެވެ. އަދި މި އުޞޫލަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށް މަޖިލީހަށް ހުށަހަޅާ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ވެސް ވަނީ ހުޅުވާލާފައެވެ.

އެހެން ނަމަވެސް އުންމީދުކުރި ގޮތާ ޚިލާފަށް ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1000 ޑޮލަރު ލިބެން ފަށާނީ 2026 ވަނަ އަހަރުގެ ފަހުން ކަމަށެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 20 ރުފިޔާގެ ރޭޓުގައެވެ.

© 2023 milauthuru. All rights reserved.