އައިޝަތު ވަޙީދާ

ސްނޭހާ ޝަންކަރުގެ ހިތްގައިމު ލަވަތަކުން އިންޑިއަން އައިޑޮލް އަޑުއަހާ އެންމެންގެ ހިތްތައް އަތުލައިފި.

އިންޑިއަން އައިޑޮލްގެ 15 ވަނަ ސީޒަންގެ ބައިވެރިޔާ ސްނޭހާ ޝަންކަރުގެ ރީތި ލަވަތަކަށް ގިނަ ބައެއްގެ ލޯތްބާ ތަރުޙީބު ލިބި، އޭނާއަށް އިންޑިއަން އައިޑޮލްކަމުގެ ޝަރަފު ލިބިދާނެކަމަށް ބެލެވެން ފަށައިފިއެވެ.

މުމްބާއީ އަށް އުފަން 18 އަހަރުގެ ޒުވާން ސްނޭހާ ޝަންކަރަކީ އިންޑިޔާގެ މަޝްހޫރު ރާމް ޝަންކަރުގެ ދަރިއެކެވެ. އެންމެ ތުއްތު އިރުއްސުރެ ލަވަކިއުމަށް ޝައުޤުވެރި މޮޅު ލަވަކިއުންތެރިޔާ ވަނީ މީގެ ކުރިންވެސް އެތަކެއް މުބާރާތެއްގައި ވާދަކޮށްފައެވެ. ސްޕަރ ސްޓަރ ސިންގާރގެ އިތުރުން ވޮއިސް ކިޑްސް ފަދަ އެތަކެއް ލަވަ މުބާރާތުގައި ވާދަކޮށް ކާމިޔާބީތައް ޙާޞިލުކޮށްފައި ވެއެވެ.

ސްނޭހާއަށް ބޮލީވުޑް ފިލްމުތަކަށް ލަވަކިއުމުގެ ފުރުޞަތުތައް ވެސް ވަނީ ލިބިފައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން އެތަކެއް ލަވައެއް ރެކޯޑުކޮށްފައި ވެއެވެ. 2018 ވަނަ އަހަރުގެ އިންޑިއަން ޓެލެވިޛަން އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ލަވކިއުންތެރިޔާ ކަމަށް ނޮމިނޭޓުވެފައި ވެއެވެ.

މިއަަހަރުގެ އިންޑިއަން އައިޑޮލްގައި ހުށަހަޅައިދިން “ތުމް އިތުނަ ޖޮ މުސްކުރާ ރަހޭ ހޯ” ފަދަ ލަވަތަކަށް ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ. އަދި ފަނޑިޔާރުން އާޝޯޚުކޮށްލާފައި ވެއެވެ. މަޝްހޫރު ލަވަކިއުންތެރިޔާ ޝްރިޔާ ގޯޝާލް އާއި ބާދު ޝާހު ފަދަ ފަނޑިޔާރުން އެތަކެއް ފަަހަރު ރޮއްވާލާފައި ވެއެވެ.

© 2023 milauthuru. All rights reserved.