މިލައުތުރު

މުޅި ދުނިޔެއިން ވެސް އެންމެ ކަމުނުދާ އެއް އެއާލައިނަކަށް އިންޑިޔާގެ އިންޑިގޯ!

ދުނިޔޭގައި ވެސް އެންމެ ފެންވަރު ދަށް އެއް އެއާލައިނަކަށް އިންޑިގޯ ވުމުން އިންޑިޔާގެ ނޫސްތަކުގައި އެ އެއާލައިން ހިންގާ ކުންފުންޏަށް މަލާމާތްކުރަން ފަށައިފިއެވެ.

އެއާލައިންތައް ރޭންކް ކޮށް ބޯއިންގ އިން ނެރެފައިވާ 109 އެއާލައިން ހިމެނޭ ލިސްޓްގެ 103 ވަނައިގާ އޮތީ އިންޑިޔާގެ އިންޑީގޯއެވެ. އެހެންކަމުން އެ އެއާލައިން ވެފައި ވަނީ ދުނިޔޭގެ އެންމެ ދަށް ފެންވަރުގެ އެއް އެއާލައިންގެ ގޮތުގައެވެ. އިންޑިގޯއިން ރާއްޖެއަށް ވެސް ދަތުރުތައް ކުރެއެވެ. އަދި އަގުގެ ތަފާތު ހުރުމާއެކު ވަރަށް ގިނަ ބަޔަކު އިންޑިޔާއަށް ދަތުރުކުރުމަށް އިންޑިގޯ އިޚްތިޔާރުކުރެއެވެ.

އެއާލައިން ރޭކިންގ އާއި ގުޅިގެން ކުރިމަތިވާ ފާޑުކިއުންތަކަށް ރައްދުދީ އިންޑިގޯއިން ބުނެފައި ވަނީ ބަރާބަރަށް ގަޑިއަށް ފުރުމާ ޖެއްސުމުގައި އިންޑިޔާގެ އެހެން އެއާލައިންތަކަށް ވުރެ އިންޑިގޯ އަބަދުވެސް ރަނގަޅު ވާނެކަމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ފަސިންޖަރުންގެ ރައްކާތެރިކަން ކަމަށަވަރުކުރުމަކީ އެމީހުންގެ އެންމެ މަތީ މަސްލަޙަތުކަމަށެވެ.

© 2023 milauthuru. All rights reserved.