އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުން ލިބުނު ޖުމްލަ އާމްދަނީ ބޮޑުތަނުން ދަށް ވެއްޖެއެވެ. މި އަހަރުގެ ފުރަތަމަ 10 މަހު ޓޫރިޒަމް ދާއިރާއިން ލިބިފައިވަނީ 2.9 ބިލިއަން ޑޮލަރު ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 3.4 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.
ކުރިއެރީ ހަމައެކަނި ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް އެކަންޏެވެ. މިދިޔަ އަހަރު 57 ޕަސަންޓުގައި ހުރި އޮކިއުޕެންސީ މި އަހަރު ވަނީ 59 ޕަސަންޓަށް އަރާފައި ވެއެވެ.
2024 ވަނަ އަހަރު އެންމެ މަތިން އާމްދަނީ ލިބިފައިވަނީ ޖެނުއަރީ މަހު އެވެ. އެއީ 589 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އެންމެ ދަށް އަދަދެއް ރެކޯޑުކުރެވިފައި ވަނީ މެއި މަހުގައި ކަމަށް އެމްއެމްއޭގެ ރެކޯޑުތަކުން ދައްކައެވެ.
ދެ މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާއިރު، މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެ މިދިޔަ އަހަރާ އަޅާބަލާއިރު %9 ގެ ކުރިއެރުމެކެވެ. އެހެން ނަމަވެސް އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ވެއްޓިފައެވެ.