ކާށިދޫ ކައުންސިލުން އިންތިޒާމުކުރާ ހޭންޑްބޯލް ޗެލެންޖް 2024 މާދަމާ ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 12 ޑިސެމްބަރު 2024 ވާ ބުރާސްފަތި (މާދަމާ) އެވެ.
ޖުމްލަ 4 ޓީމް ބައިވެރިވާ މި މުބާރާތަކީ ކާށިދޫ ކައުންސިލުން އިންތިޒާމުކުރާ މިފަދަ ތިންވަނަ މުބާރާތެވެ. އަދި މި މުބާރާތް ކޮންމެ އަހަރަކު ވެސް އޮންނާނެ ކަމަށާއި، މިއަހަރުގެ މުބާރާތް ހޯސްޓްކުރުމަށް ކޮންޓްރެކްޓް އުޞޫލުން ޙަވާލުވެފައި ވަނީ ކުލަބް އީއެކްސްއީ އެވެ. މިއަހަރުގެ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވަނީ ކާށިދޫ ކައުންސިލް ޓީމާއި، ސްކޫލް ޓީމާއި، ސްޓެލްކޯގެ ޓީމެއްގެ އިތުރުން އަމިއްލަ ކުޅިވަރު ކުލަބެއް ކަަމަށްވާ އެންޖީ ސްޓާޗިން އެވެ.
ކާށިދޫ ކައުންސިލްގެ ފަރާތުން މިލައުތުރާ މަޢުލޫމާތު ދެއްވަމުން އ. ކައުންސިލް އެގްޒެކެޓިވް ސޮއްފަތު އަދުނާން ވިދާޅުވި ގޮތުގައި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 15 ޑިސެމްބަރ 2024 ގައި ކަމަށާއި، ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ އާއި، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީއާއި، ހަނދާލިޔުމާ މެޑަލް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.