އުސްތާޛް ޒަކީ

އީލަން މަސްކުގެ މުއްސަނދިކަން 400 ބިލިޔަން ޑޮލަރަށް އަރައިފި.

ދުނިޔޭގެ އެންމެ މުއްސަނދި މީހާކަމުގައިވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ އީލަން މަސްކުގެ ތަނަވަސްކަމާ މުދާވެރިކަން 400 ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޖޭ ޓްރަމްޕަށް ކާމިޔާބުކޮށްދިނުމަށް އޭނާ ކުރި މަސައްކަތަކީ އެމެރިކާގައި މަޤުބޫލުކަން އިތުރުވެފައިވާ ކަމެކެވެ. މިއީ އެކަމާ ގުޅިގެން އައި ބޮޑު ކުރިއެރުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އީލަން މަސްކް ބުނެފައިވަނީ، ޓްރަމްޕު އިންތިޚާބު ނުވެއްޖެ ނަމަ “އޭނާ ހަމަ ކަތިވާނެ” ކަމަށާއި، އެއީ އޭނާ ނަގާ ވަރަށް ބޮޑު ރިސްކެއް ކަމަށެވެ.

އީލަން މަސްކްގެ މިހާރުގެ ނެޓްވޯތު 400 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ އިރު، އެއީ ދުނިޔޭގެ 155 ޤައުމުގެ ޖުމްލަ ޖީޑީޕީއަށް ވުރެވެސް މަތީ އަދަދެކެވެ. މިއީ މިހާތަނަށް ދުނިޔޭގެ ރެކޯޑުކަމުގައި ވެސް ވަނީ ވެފައެވެ.

© 2023 milauthuru. All rights reserved.