މިލައުތުރު

ސަރުކާރުގެ ތެޔޮ ކުންފުނީގެ އެމްޑީކަން ހޯދަން އުޅުނު މީހުންގެ ހިތް ކުދި ކުދި، ހަމަޖެއްސެވީ އާޝާން!

ސަރުކާރުގެ ތެޔޮ ކުންފުނި  ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ފާތިމަތު އާޝާން މިއަދު ހަމަޖައްސަވައިފިއެވެ.

އެސްޓީއޯ އިން ބުނީ މިއީ އެކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީއެއްގެ އެންމެ އިސްވެރިއަކަށް އަންހެން ބޭފުޅަކު އައްޔަނު ކުރެއްވި އަލަތު ފަހަރު ކަމަށާއި، އާޝާން ވަނީ އެސްޓީއޯގެ ދަށުން މަސް ކުންފުނި ހިންގި އިރު އެ ކުންފުނީގެ ޑެޕިޔުޓީ ސީއީއޯގެ މަޤާމު އަދާކުރައްވައި ތަޖުރިބާތައް ޙާޞިލުކުރައްވާފައި ކަަމަށެވެ.

މީގެ ކުރިން އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި އިރު އެފްއެސްއެމްގެ ތެލުން ވައްކަންކޮށް މަނީލޯންޑާ ކުރި މައްސަލައެއް ފެންމަތިވެ، 60 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެފްއެސްއެމްގެ އެމްޑީ ކަމުގެ މަޤާމު ހޯއްދެވުމަށް އެކުންފުނީގެ ކުރީގެ އެމްޑީ އަކު ވެސް ވަރަށް މަސައްކަތް ކުރެއްވިކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ހަމަ ތެލުގެ ވައްކަމުގެ މައްސަލަތަކެއްގެ ތުހުމަތުގައި މަޤާމުން ވަކިކުރެއްވި ބޭފުޅެކެވެ.

© 2023 milauthuru. All rights reserved.