ސަރުކާރުގެ މައި ކަރަންޓު ކުންފުނި ކަމުގައިވާ ސްޓެލްކޯ އިން ރިސާޗް ފައުންޑޭޝަނެއް އިފްތިތާޙް ކޮށްފިއެވެ. މި ރިސާޗް ފައުންޑޭޝަން އިފްތިތާޙުކުރީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ.
އެމްޑީ ފަހުމީ ވިދާޅުވީ، ކަނޑުއަޑީގައި ދުއްވާ ސަބްމެރިން އާއި، ކަނޑު އަޑީގައި ބޭނުންކުރާާ ޑްރޯން ފަރުމާކޮށް، ކަނޑު އަޑީގައި އިންސާނުންނަށް ދާން ދަތި ތަންތައް ހޯދައި، މޮނިޓާކުރުމާއި، ކަނޑާބެހޭ މައުލޫމާތު އެއްކޮށް، ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތައް ކޮށް، ލިބޭ އާމްދަނީ އިތުރު ކުރޭވޭނެ ކަމަށާއި، މި ޓެކްނޮލޮޖީތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށް، ރާއްޖެއަށް ބޭނުންވާ ޑޮލަރު ހޯދައިދެވޭނެ ކަމަށެވެ. އަދި މުސްތަޤުބަލުގައި ޤައުމަށް ފައިދާކުރާ މިފަދަ އެތައް މަޝްރޫއުތަކެއް މި ފައުންޑޭޝަންގެ ތެރެއިން ގެނެސްދެވޭނެ ކަމުގެ ޔަޤީންކަންދޭ ކަމަށާއި، މަތިންދާ ބޯޓުފަހަރު ވެސް ބަނދެވޭނެ ކަމަށެވެ.
ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ޒަމާނާ އެއްގޮތަށް ކުރިއަރުވަން ގިނަގުނަ މަސައްކަތްތަކެއް ސްޓެލްކޯއިން އިން ކޮށްފައި ވާކަމަށާއި، އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވޭ ގޮތަށް ޗާޖިން ސްޓޭޝަނެއް ޤާއިމު ކުރުމާއި ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ވެސް ހިންގަން ރާވާފައިވާ ކަމަށެވެ.