15 އަހަރުން ދަށުގެ ފިރިހެން އަދި 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ކާމިޔާބު ކޮށްފިއެވެ.
ޣިޔާޘުއްދީން ސްކޫލުން 15 އަހަރުން ދަށް ފިރިހެން އަދި 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ މޮޅު ކުޅުމެއް ކުޅެގެންނެވެ. 15 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި އެ ސްކޫލުން ކުޅުނީ ބިލަބޮންގ ސްކޫލާ ދެކޮޅަށެވެ. 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ 43-45 ގެ ތަފާތަކުންނެވެ. 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޣާޒީ ސްކޫލާ ވާދަކޮށް 25-27ގެ ތަފާތަކުންނެވެ.
އެހެން ނަމަވެސް، 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ޣާޒީ ސްކޫލެވެ. ފައިނަލުގައި ޣިޔާޘުއްދީނާ ވާދަކޮށް އެ ސްކޫލުން މެޗް ކާމިޔާބުކުރީ 28-32 ގެ ނަތީޖާއަކުންނެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ފިންލޭންޑް ސްކޫލެވެ. އެ ސްކޫލުން ފައިނަލުގައި ކުޅުނީ އިސްކަންދަރު ސްކޫލާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކުރީ 30-32 ގެ ނަތީޖާއަކުންނެވެ.