މިލައުތުރު

ޑިސެމްބަރ 31 – 5 ޖެނުއަރީ 2025 އަށް ބޭންކް އޮފް މޯލްޑިވްސް ބަންދު.

އައު އަހަރުގެ ޗުއްޓީގެ ގޮތުގައި 31 ޑިސެމްބަރ 2024 ން 5 ޖެނުއަރީ 2025 އަށް ބޭންކް އޮފް މޯލްޑިވްސް ބަންދުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ ރަސްމީ ސޯޝަލް މީޑިޔާ އެކައުންޓަކުގައި އެކަން ވަނީ އިޢުލާނުކޮށް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެން ކަމުން ބޭންކުގެ ޚުދުމަތްތައް ބޭނުންކުރަންޖެހޭ ފަރާތްތަކުން އެކަމަށް ސަމާލުވެގެން ދުރާލާ ކަންކަން އިންތިޒާމު ކުރުމަކީ މުހިންމު ކަމެކެވެ.

ބޭންކް ބަންދު ނަމަވެސް އޮންލައިންކޮށް ދެމުން ގެންދާ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެއެވެ. ބަންދު ދުވަސްތަކުގެ ތެރޭގައި ވެސް އޮންލައިންކޮށް ޚިދުމަތްތައް ލިބޭނެއެވެ.

© 2023 milauthuru. All rights reserved.