މިލައުތުރު

މަތިންދާބޯޓުތަކަށް ސާވީސް ނުކުރެވެނީތޯ ނޫނީ އޮވަލޯޑުވަނީތޯ ސުވާލު އުފެދިއްޖެ!

އެއް މަސްދުވަސް ތެރޭގައި ފަސިންޖަރުން އުފުލާ ހަތަރު މަތިންދާބޯޓެއް ކުއްލި ޙާލަތުގައި ޖައްސަންޖެހި އެތައް ބައެއްގެ ފުރާނަ ގެއްލިގެންދިއުމުން މުޅި ދުނިޔެ ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

އާޒަރުބައިޖާންގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓު ކުއްލި ޙާލަތުގައި ޖައްސާ އެތައް ބަޔަކު މަރުވި ޙާދިސާއަށް ހަފުތާއެއް ނުވަނީސް ދެކުނު ކޮރެއާގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ކުއްލި ޙާލަތުގައި ޖައްސަންޖެހި ދަތުރުކުރި މީހުންގެ ތެރެއިން ދެމީހުން ފިޔަވާ އެންމެން ވަނީ މަރުވެފައެވެ. އެ ހާދިސާއަށް 24 ގަޑީއިރު ނުވަނީސް ކެނެޑާ އެކްސްޕްރެސްގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ކުއްލި ޙާލަތުގައި ޖެއްސުމާ ގުޅިގެން ބޯޓުގައިވަނީ އަލިފާން ރޯވެފައެވެ. މި ޙާދިސާގައި އެއްވެސް މީހަކު މަރުނުވެ ސަލާމަތްވިޔަސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިހާ އަވަސް އަވަހަށް މަތިންދާބޯޓުތަކެއްގެ މައްސަލަތައް ދިމާވުމަކީ މީހުން ވަރަށް ކަންބޮޑުވާނެ ކަމެއްކަން ޔަޤީނެވެ. މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ބޯއިން ކުންފުނިން ބުނެފައިވަނީ މަތިންދާބޯޓުތަކަށް ދިމާވި މައްސަލަތައް ދިރާސާ ކުރަމުންދާކަމަށާއި، ފުރިހަމަ ތަޙުޤީޤެއް ކުރަންޖެހޭ ކަމަށެވެ.

މީގެ ތެރެއިން އާޒަރުބައިޖާންގެ ބޯޓު ވެއްޓުނީ ރަޝިޔާގެ ޙަމަލާއެއްގެ ސަބަބުން ކަމަށް ބުނެ އެކަމަށް އެއްބަސްވުމަށް އެ ޤަުމުންވަނީ ރަޝިޔާއަށް ގޮވާލާފައެވެ.

© 2023 milauthuru. All rights reserved.