ޗައިނާ އާއެކު ޤާއިމުކުރެވިފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ނުހަނު ގިނަގުނަ އިޤްތިޞާދީ ފައިދާތައް ލިބޭނެކަމަށް ސަރުކާރުން ބުނެފިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އުފައްދާ ބާވަތްތައް ފަސޭހަކަމާއެކު ޗައިނާއަށް އެކްޕޯޓްކޮށް، ޗައިނާއިން އިމްޕޯޓުކުރާ ބާވަތްތައްް ދުނިޔޭގެ އެހެން ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭނެކަމަށާއި، އެއީ ރާއްޖެއަށް ބޭރުފައިސާ ލިބޭނެ ދޮރެއް ކަމަށް ސަރުކާރުން ދެކެއެވެ.
އަދި މި ނިޞިނާޢަތް ފުޅާވެގެންދާއިރު، ވަރަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ ކަަމަށާއި، އެއީ ޒުވާނުންނަށްވީ ވަޒީފާގެ ވަޢުދު ރަނުން ރަނަށް ފުއްދުމަށްޓަކައި ލިބޭނެ ވަރަށް ބޮޑު ސަޕޯޓެއް ކަމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖަހާލުމުގެ އިތުރުން ދަރަނިތައް ޚަލާޞްކުރެވޭނެ ކަމަށެވެ.