މިލައުތުރު

ޝައިޠާނީ ނަތަންޔާހޫގެ ބައްޔަކީ އޭނާގެ އަޖަލުކަމުގައި ލައްވާނދޭވެ.

އެތައް ހާސް މުސްލިމުން ޝަހީދުކޮށް، ގެދޮރު ސުންނާފަތިކޮށް، އުފަން ރަށުން ބޭރުކޮށްލި ޝައިޠާނީ ބޮޑުވަޒީރު ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރު ބަލި ޖެހި ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލުގައި އެނދުމަތިކުރި ކަމުގެ ޚަބަރަކީ އަނިޔާ ތަޙައްމަލުކުރަމުންދާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށާއި މުޅި އިސްލާމީ އުންމަތަށް ވެސް އުފާވެރި ޚަބަރެކެވެ.

އެންމެންގެ ވެސް ހިތުގެ ދުޢާ އަކީ ނަތަންޔާހޫގެ ބައްޔަކީ އޭނާގެ އަޖަލުކަމުގައި ވުމެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރުކަމުގައިވާ އެމެރިކާގެ ނިވާފަތްގަނޑުގައި މުސްލިމުންނާ ޢަދާވާތްތެރި އިސްރާޢީލު ސިފައިން ބޭނުންކޮށްގެން މުސްލިމުންތައް ޝަހީދުކުރަމުން ބޮޑާކަމާއި ކިބުރުވެރިކަން ދައްކައި، ގަދަބަސް ބުނަމުން ދުނިޔެއަށް ގޮންޖަހަމުންދިޔަ މީހާގެ އެއްވެސް ބާރެއް ނެތި، އެހެން މީހުންގެ މަދަދުވެރިކަމަށް އެދި އެދި ހޮސްޕިޓަލެއްގެ ބަލިއެނދުގައި އޮންނަންޖެހުމަކީ، އޭނާގެ ފަރާތުން ލާއިންސާނީ އަނިޔާތައް ލިބެމުންދާ މުސްލިމުންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެކެވެ.

މަޢުލޫމާތު ލިބޭގޮތުގައި އޭނާގެ ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނެއް ކުރަންވަނީ ޖެހިފައެވެ. އެއްވެސް ކުށެއް ނެތް ބައިލައްކަ ޣައްޒާގެ މުސްލިމުން ޝަހީދުކޮށްލާ ދެ މިލިޔަން މީހުން މަގުމަތި ކޮށްލި މީހަކަށް އެންމެ ޙައްޤު ގޮތަކީ ބޮޑު ބައްޔެއްގައި ދިގު މުއްދަތަކަށް އޮންނަންޖެހުން ކަމުގައި ނޫނީ ނުވެއެވެ.