މިލައުތުރު

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ތަފާތު ބޮޑުކޮށް ބަލިވީ ކުޅަނދުރު ކަށިޖަހާފާނެތީ ބިރުންކަމަށް ބެލެވިއްޖެ.

އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ބެންގަލޫރުގައި އިންޑިޔާ އަތުން 14-0 ގެ ނަތީޖާއަކުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިވީ ކުޅަނދުރު ބައިގަނޑެއްގެ އުނދަގޫ ޖެހިގެން ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިންޑިއާ 8-0 އިން ކުރީގައި އޮއްވާ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ފެނުނީ ލައިންސްމަން ވެސް ކުއްލިގޮތަކަށް ދަނޑު މައްޗަށް އެރިތަނެވެ. އަދި އަތުގައި އޮތް ދިދައިން ކުޅުނދުރު ފައްސަމުންދިޔައެވެ. ކުޅަނދުރު އައިނުގެ ޙަމާލާއަށް ކެތްނުކުރެވިގެން ބޮލާއި މޫނުގައި އަތް އަޅައިގެން ދަނޑުމަތީ އޮށޯންނަން ޖެހުނެވެ. ދިވެހިރާއްޖޭގެ އަންހެން ކުޅުންތެރިން ކުޅަނދުރު ދެކެ ބިރުގަންނަ ކަމެއް ނޫންކަމެއް ނޭނގުނު ނަމަވެސް ވަރަށް ގިނަ ކުޅުންތެރިންނަށް ހާސްކަމެއް ލިބުނުތަން ފެނުނެވެ. ކުޅަނދުރެއްގެ ކަށި ކޮށްޕާލަފާނެތީ އާއި އިންޑިޔާ ކުޅުންތެރިން ގޯލަށް ބޯޅައެއް ކޮށްޕާލަފާނެތީ ބަލަންޖެހުނެވެ.

އެންމެ ފަހުން ކުޅަނދުރު އައިނުގެ ކިބައިން ސަލާމަތްވާން ކުޅުންތެރިންނާ މެޗް އޮފިޝަލުންނަށް ދަނޑުން ފައިބައި ޗޭންޖިން ރޫމަށް ދާންޖެހުނެވެ. އަދި  އަލުން މެޗު ނުފެށި 15 މިނެޓެއްހާ ވަގުތު ހޭދަކުރަން ޖެހުނެވެ. މިފަދަ ޙާލަތެއް މެދުވެރިނުވި ނަމަ އެހާ ތަފާތު ބޮޑުކޮށް އިންޑިޔާއަށް ރާއްޖެ ބަލިކޮށްލުމަކީ މުސްތަޙިއްލު ކަމެކެވެ.

© 2023 milauthuru. All rights reserved.