އައްޑޫ އިންޓަ-އޮފީސް ވޮލީ ޓޯނަމަންޓް 2025″ އަންނަ މަހު ބާއްވަން ނިންމައި މި މުބާރާތުގައި މިހާރު ބައިވެރިވެފައިވާ ޓީމުތައް ހާމަކޮށްފިއެވެ.
މި މުބާރާތް އިންތިޒާމުކުރާ އެސޯސިއޭޝަން ފޯ އައްޑޫ ވޮލީސް އިން ބުނީ މިހާރުވެސް މުބާރާތުގައި ދިހަ އޮފީހަކުން 13 ޓީމު ވާދަކުރާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ އޮފީސްތަކީ އައްޑޫ ސިޓީ ކައުންސިލް، ޕޮލިސް، ވެމްކޯ، އެމްޓީސީސީ، ފެނަކަ، އެސްޓީއޯ، ފޭދޫ ސްކޫލް، ވެމްކޯ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެެވެ.
ކުޅިވަރުގެ ރޫހު ވަރަށް ބޮޑަށް އޮތް އައްޑޫސިޓީގައި މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން އަދި އަންހެން ޑިވިޝަން އެކުލެވޭ ގޮތަށެވެ. އެގޮތުން ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރާ އިރު، އަންހެން ޑިވިޝަންގައި ވާދަކުރާނީ ފަސް ޓީމެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ވަރަށް ފޯރިގަދަކޮށް ފަރިތަކުރުންތައް ކުރިޔަށް ގެންދާކަން ފާހަގަ ކުރެވެއެވެ.