މިލައުތުރު

އެމެރިކާގެ ޓިކްޓޮކް ރެފިއުޖީން ރެޑްނޯޓަށް

މި ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު އެމެރިކާގައި ޓިކްޓިކް ބޭނުންކުރުން މަނާވާނެއެވެ. އެމެރިކާގެ އާބާދީގެ 45.2 އިން ސައްތަ މީހުން ޓިކްޓޮކް ބޭނުންކުރެއެވެ. އެއީ 150 މިލިޔަނެއްހާ މީހުންނެވެ. މިހާ ގިނަބަޔަކު ބޭނުންކުރާ ސޯޝަލް މީޑިޔާ އެޕްލިކޭޝަނެއް މަނާވުމުން، ވަރަށް ގިނަބަޔަކު އަންނަނީ އެކަމާ ހިތްހަމަނުޖެހުމުގެ ޝުޢޫރުތައް ފާޅުކޮށް އެމެރިކާ ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ރާވަމުންނެވެ.

ޝޯޝަލް މީޑިޔާ ބޭނުންކުރާ މީހުންނަކީ އަބަދުވެސް އާދަޔާ ޚިލާފު ކަންކަން ކުރުމާއި ގޮންޖެހުންތަކަށް މޮޅެތި ޙައްލުތައް ހޯދާ ބައެކެވެ. ސޯޝަލް މީޑިޔާގެ ޚަބަރުތައް ބުނާގޮތުން، އެމެރިކާގައި ޓިކްޓިކް ބޭނުންކުރާ ރައްޔިތުން ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން، މިހާރު ވަނީ ޓިކްޓިކްގެ ބަދަލުގައި ރެޑްނޯޓު ބޭނުންކުރަން ފަށާފައެވެ. ރެޑްނޯޓަކީ ހަމަ ގާތްގަނޑަކަށް ޓިކްޓޮކެވެ. ޗައިނާގައި މަޝްހޫރު އަދި ޗައިނާ ރައްޔިތުންނަށް ޚާއްޞަ މި އެޕްލިކޭޝަން ވަނީ ކުއްލިއަކަށް އެޕަލް އެޕްސްޓޯރާއި ގޫގަލް ޕްލޭ ސްޓޯރުގައި އެންމެ މައްޗަށް ޖެހިލާފައެވެ.

ބެލެވޭ ގޮތުގައި އެމެރިކާގެ ޓިކްޓިކް އާބާދީއިން ފެށި މިހަރަކާތަކީ ސީދާ އެމެރިކާގެ ސަރުކާރުން ޓިކްޓޮކް މަނާކުރުމާ ދެކޮޅުވެރިކަމުގެ އިހުތިޖާޖެކެވެ. އެމެރިކާގެ ސަރުކާރުން ޓިކްޓޮކް ބޭނުންކުރުން މަނާކުރީ، ޓިކްޓިކް ބޭނުންކޮށްގެން ޗައިނާއިން އެމެރިކާ ރައްޔިތުންގެ މައުލޫމާތު ވަގަށް ނަގައި ޖާސޫސްކުރާ ކަމަށް ބުނެއެވެ. ނަމަވެސް، މިހާރު އެމެރިކާ ރައްޔިތުން އެއަންނަނީ “ޖާސޫސް ކުރުވުމަށް” ޗައިނާގެ ރެޑްނޯޓު ބޭނުންކުރަމުންނެވެ.

© 2023 milauthuru. All rights reserved.