މިލައުތުރު

މަޝްހޫރު ޓިކްޓޮކް ތަރި އަންޖޫއަށް ބަޔަކު ޙަމަލާދޭން އުޅުމުން ރަމަތަކޮށްލައިފި.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކަށް އެރުމުން ބިދޭސީންތަކެއް އަންޖޫއަށް ޙަމަލާދޭން އުޅެން ފެށުމުން މަތިމައްޗަށް އިންޒާރުތައް ދީ އެމީހުން މައިތިރިކޮށްލިއެވެ.

އެމްވީ ކްރައިސިސްގައި އާންމުކުރި ވީޑިއޯގައި ފެންނަގޮތުން ތިން މީހަކު އަންޖޫއާ ދިމާކޮށްލާ ޙަމަލާދޭން އުޅޭތަން ފެނެއެވެ. އަދި ގެގަނޑުމަތީ ހުރި މީހަކު ވަރަށް ދިގު ފަތިގަނޑަކުން އަންޖޫއަށް ޙަމަލާދޭން އުޅުމުން އަތުން ހިފަހައްޓާ މައިިތިރިކުރާތަން ފެނެއެވެ.

އެމީހުން ހަމަލާދިން ނަމަ ހަދާނީ ކިހިނެތްތޯ އެހުމުން، “އަަހަރެންގެ ގައިގާ އަތްނުލި ކަން އެއީ އެމީހުންގެ ނަސީބު، އޮޅިގެން ވެސް އަތްލިނަމަ، ފަހަރަކު މީހަކު ހޫރާފައި ފަޅުތެރެއަށް އެއްލާލީމުސް” އަންޖޫ ބުންޏެވެ.

އަދި އަވަގުރާނަގޮވީ ކީއްވެތޯ ސުވާލުކުރުމުން އަންޖޫ ބުނީ އެއީ ދިމާކުރި މީހުންތައް ރަމަތަކޮށް ހަށިރައްކާތެރިކުރަން އުޅުމުގެ ތެރޭގައި ދޫކަސިޔާރުވެގެން އިޚުތިޔާރުން ބޭރުން ދިޔަ ބަސްތަކެއް ކަމަށާއި، އެވަރުކަމެއް ވެދާނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.