މިލައުތުރު

މިއަދުން ފެށިގެން ރައީސް އިސްތިއުފާދެއްވައިފި ނަމަ، ސިނގިރޭޓު ބުއިން ހުއްޓާލާނެކަމަށް ގިނަ ބަޔަކު ބުނަންފަށައިފި.

މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ގޮވާލެއްވީ މިއަދުން ފެށިގެން ސިނގިރޭޓު ބުއިން ހުއްޓާލުމަށެވެ.

ރައީސްގެ މިޕޯސްޓާ ގުޅޭ ޚަބަރުތަކަށް ކޮމެންޓުކުރާ ގިނަ މީހުން ބުނެފައިވަނީ މިއަދުން ފެށިގެން ރައީސް އިސްތިއުފާދެއްވައިފި ނަމަ، އެމީހުން ސިނގިރޭޓު ބުއިން ވެސް ހުއްޓާލާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ކެންސަރު ބަލި ޖެހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުންކަމަށެވެ. އެހެންކަމުން އެކަމުން މިއަދުން ފެށިގެން ދުރުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.