މިލައުތުރު

އީޕީއޭ ވެސް ފުންމައިގަންނަނީ ފަޅު ރަށްރަށުގެ ކަންކަމުގައި، މީހުން ދިރިއުޅޭ ރަށެއް ނެތުނަސް އަޅައެއް ނުލާ – ރައިސަމް

އީޕީއޭ ވެސް ފުންމައިގަންނަނީ ފަޅު ރަށް ރަށާ ގުޅޭ ކަންކަމުގައި ކަމަށާއި، މީހުން ދިރިއުޅޭ ރަށެއް އެއްކޮށް ނެތިގެންދާއިރު ވެސް އަޅައެއް ނުލެވޭކަމަށް ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް ވިދާޅުވެއްޖެއެވެ.

ށ. ފަރުކޮޅުން ވެލި ނަގާ މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަލަން ފެށުމާ ގުޅިގެން ރައިސަމް ކުރެއްވި ކޮމެއްޓެއްގައި އެ އެޖެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.

އަތޮޅު ކައުންސިލުން ބުނެފައިވަނީ ފަރުކޮޅުގެ ގޮނޑުދޮށުންނާއި ތުނޑިން އަދި ފަޅުތެރެ ކޮނެގެންނާއި ޕަންޕް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ގަވާއިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމަށާއި، އެ މައްސަލަ ދެ މުއައްސަސާ ގުޅިގެން ބަލަމުން ދެންގާ ކަމަށެވެ.

ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލިނަގަން ޖެހޭ ހާލަތްތަކުގައި، އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވެސް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެފަދަ ސަރަހައްދުތަކުން ވެސް މެޝިނަރީތައް ބޭނުންކޮށްގެން ވެލިނެގުމަކީ މަނާ ކަމެއް ކަމަށެވެ.

ފަރުކޮޅު ފަދަ ޙިމާޔަތްކުރެވިފައިވާ ތަންތަން ރައްކާތެރިކޮށް، ބެލެހެއްޓުމާއި ދެމެހެއްޓުމުގައި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.