އުނގޫފާރުން ފުރައިގެން ށ. މިލަންދޫއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި ލޯންޗުން ދަތުރުކުރި އާއިލާއިން ށ. އަތޮޅު ކައިންސިލާއި، ށ. މިލަންދޫ ކައުންސިލަށް ޝުކުރު އަދާކޮށްފިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގި އެ ހާދިސާގައި މީހުން ސަލާމަތްކޮށް އެމީހުން މިލަންދޫއަށް ގެނައުމުގަޔާއި، އަނބުރާ ރަށަށް ގެންގޮސްދިނުމުގައި މިލަންދޫ ކައުންސިލާއި، އަތޮޅު ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާތީ، އެ އާއިލާގެ ފަރާތުން ވަރަށް އިޚުލާޞްތެރި ޝުކުރު އަދާކޮށްފައި ވެއެވެ. އަދި ޖުމްލަ ގޮތެއްގައި މިލަންދޫގެ އެންމެހާ ރައްޔިތުންނަށް ބެހެއްޓި ގާތްކަމަށްޓަކައި ޝުކުރު އަދާކޮށްފައި ވެއެވެ.
އަދި މީހުން ސަލާމަތްކުރުމުގަޔާއި، ލޯންޗު ސަލާމަތްކުރުމުގައި މިލަންދޫގެ މުއައްސަސާތަކާއި މިލަންދޫ އަދި ށ. އަތޮޅު ޕޮލިހުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވެއެވެ. އެހެންކަމުން އެހުރިހާ ފަރާތްތަކަަށް ވެސް ޝުކުރު އަދާކޮށްފައި ވެއެވެ.