ލާމަރުކަޒީ ނިޒާމާ ގުޅޭ ބައްދަލުވުމަކަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ފިިލިޕީންސްގެ ވެރިރަށް މެނީލާއަށް އަށް ފުރާ ވަޑައިގެންފިއެވެ.
ފިިލިޕީންސްގެ ވެރިރަށް މެނީލާއަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް(ވީއައިއޭ) ގެ ވީއައިޕީ ލައުންޖްގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ދަތުރުގެ އެންމެ ބޮޑު ފޯކަސްއަކަށް ހަދަން ގަސްދު ކުރަނީ ރާއްޖޭގެ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން ނުވަތަ ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ.
މި ދަތުރުފުޅަކީ ޔޫއެންޑީޕީގެ ހާއްސަ އެހީތެރިކަމާއެކު، ވަޒީރު ކުރައްވާ އެ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ހާއްސަ ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.
ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި، ލޯކަލް ގަވަމަންޓް ޔުނިޓް ހިންގެވުމާ ހަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރު މުހައްދު މާހިރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.