މިލައުތުރު

ދުވާލަކު ތިން ހަތަރު ޓެކްސީ ދަތުރުކޮށްފައި، ފައިސާ ނުދީ ފިލާ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި.

ޓެކްސީ ދުއްވާ މީހުންނަށް ފިސާރި ގަދަ ދައްކާލާފައި ޓެކްސީ ދަތުރަށް ފައިސާ ނުދީ ފިލައިގެން އުޅުނު އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އަންހެން މީހާ އަކީ އާންމުގޮށް އެޕްތައް މެދުވެރިކޮށް ޓެކްސީއަށް އޯޑަރުކޮށް، ދަތުރުކޮށް ނިންމާފައި ކޮންމެވެސް ބަހަނާއެއް ދައްކާފައި ފައިސާނުދީ ފިލާމީހެއް ކަމަށް ވެއެވެ. އެގޮތުން ހައްޔަރުކުރި ދުވަހު އެކަނިވެސް ތިން ޓެކްސީއަކަށް ދޯކާދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިގޮތަށް އޭނާ އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވެއެވެ.

އަދި މީނާއަކީ އެއްވެސް ކަހަލަ ނުކުޅެދުންތެރި ކަމެއް ހުންނަ މީހެއް ވެސް ނޫންކަމަށާއި، މަރަކާ ޙީލަތުގެ އަވައިގާޖެހިފައި ހުރި މަލްޢޫން އަންހެނެއް ކަމަށް ޓެކްސީކުރާ މީހުން ބުނެއެވެ. މިކަމާގުޅޭ ތަފުޞީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

© 2023 milauthuru. All rights reserved.