މިލައުތުރު

ސައުދީ ވިޔަފާރިވެރިޔަކު ޅަ ބަކަރިއެއް ނީލަމުގައި 16،000 އެމެރިކާ ޑޮލަރަށް ގަނެފި.

ސައުދީ އަރަބިޔާގެ ވިޔަފާރިވެރިޔަކު ނީލަމެއްގައި 16،000 އެމެރިކާ ޑޮލަރަށް ޅަ ބަކަރިއެއް ގަނެފިއެވެ. މީޑިޔާގެ ސަމާލުކަމަށް އެކަން އައީ އެ ބަކަރި ކުޑަވެފައި އަގު ބޮޑު ކަމުންނެވެ.

އެ ބަކަރި ގަތްމީހާ އާއި ޙަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ، އެ އަގަށް ބަކަރި ގަތީ އާދަޔާ ޚިލާފަށް ކަންފަތް ދިގު ބްރީޑަކަށް ވާތީ ކަމަށެވެ. އާންމު ގޮތެއްގައި އެވަރުގެ ޅަ ބަކަރި 150 ޑޮލަރަށް ވުރެ ކުޑަ އަގެއްގައި ގަންނަން ލިބިދާނެ ކަމަށާއި، ނަމަވެސް އެއީ މުޅިން ތަފާތު ވައްތަރެއް ކަމަށެވެ.

އޭނާ ބުނީ އޭތި ބޮޑުކުރުމަށްފަހު، 40،000 އެމެރިކާ ޑޮލަރަށް ވިއްކާލެވޭނެ ކަމަށާއި، މަލާމަތް ކުރުމެއް ނެތްކަމަށާއި، ވިޔަފާރި އަކީ ވިޔަފާރި ކަމަށެވެ. އޭތީގެ އަގު އޭނާއަށް އެނގޭ ކަމަށާއި، ގޯސް ނިންމުމެއް އޭނާ ނުނިންމާ ކަމަށެވެ.

© 2023 milauthuru. All rights reserved.