އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި އެންމެ އަޑުހަރުކޮށް ދެއްކި އެއް ވާހަކައަކީ އަސާސީ ކާބޯތަކެތީގެ އަގުތައް ތިރިކުރާނެ ވާހަކައެެވެ. އަދި އެކަން ވާންއޮތީ އޭރުގައި އޮތް ސަރުކާރު ނޫން ގޮތެއް ހޯދައިގެން ކަމަށް ބުނެ ވަޢުދުތައް އަމުނާ ގަތާލިއެވެ.
އެހެން ނަމަވެސް މިހާރު ކަންހިނގަމުންދަނީ އެމަގުން ނޫންކަމަށާ ވަޢުދުވިގޮތާ މުޅިން ޚިލާފަށް ކަމަށް ބުނެ މީހުންގެ އުދާސްތައް ސޯޝަލް މީޑިޔާގައި ހިއްސާކުރަން ފަށައިފިއެވެ. އިޤްތިޞާދު ރަނގަޅުވެއްޖެ ކަމަަށް ބުނެ ދެއްކި އެއްވެސް ވާހަކައެއްގައި އެއްވެސް ބުރަދަނެއް ނެތެވެ. އިޤްތިޞާދީ ޙަރަކާތްތައް ހިނގާކަށް ނުފަށައެވެ. މަޝްރޫޢުތައް ކުރިއަކަށް ނުކަނޑައެވެ. ހުއްޓުނު އެއްޗެއް ހުއްޓުނުތަނެއްގައި އަދިވެސް ހަމަ ހުއްޓިފައި އޮތްގޮތަކަށް އޮތިއްޔެވެ.
ދިވެހި އާއިލާތަކަށް ވަރަށް އަސާސީ އެއްޗެއް ކަމަށްވާ ކިރުގެ ބާވަތްތަކުގެ އަގުތައް އުފުލިއްޖެއެވެ. 15 ޖެނުއަރީ 2024 ގައި 22 ރުފިޔާއަށް ލިބުނު ލެކްނޯ ފުލް ކްރީމް ކިރުޕެކެޓް، 15 ޖެނުއަރީ 2025 ގެ ފަހުން ލިބެނީ 31 ރުފިޔާއަށެވެ. ހަމަ އެކަނި މި ޕްރޮޑަކްޓަށް ބެލިކަމުގައި ވިޔަސް، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި %41 އަށް އަގު އުފުލިއްޖެއެވެ. އެހެން ނަމަވެސް އަދިވެސް ކަމާބެހޭ ފަރާތްްތަކުން ބުނަނީ އަގުތައް ހުރީ ހިފެހެއްޓިފައި ކަމަށެވެ.
2 Replies to “އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް އުފުލެނީ ހިރުވާތަން ކަހާލާނެ މީހަކު ނެތް!”
އައިނާާ
ވ.ރަނގަޅު ވާހަކއެއް.
މިދާ ގޮތައް ދާކަމައްވާނަމަ އާދައިގެ މީހުންނައް ކާބޯތަކެތި ގަތުމަކީ ވ. ދަތިކަމަކަށް ވާނީީ. މަހުޖަނުންނަށް ކަހައިރުވަކެކޭވެސް ގޮތައް ނާރާނެ
ކަލޯ
ނޫނޭ! ހަމަ އެކަނި ސިނގިރެޓު އަގު ބޮޑުވީ!
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި