ރާއްޖޭގެ މަޝްހޫރު ޑާންސް ގުރޫޕެއް ކަމަށްވާ “ހިޔަލަ” ރިސޯޓުތަކުގައި މަޤުބޫލު ޑާންސް ގުރޫޕަކަށްވެ، އަތުފަތު ނޭޅި ރިސޯޓުތަކުން އޯޑަރު ލިބޭ ކާމިޔާބު ގުރޫޕަކަށް ވެއްޖެއެވެ.
މީގެ ކުރިން ޑާންްސް ގުރޫޕުތަކަށް ޑިމާންޑް އޮންނަނީ ބޮޑު އީދުގައެވެ. އެހެން ނަމަވެސް މިހާރު ހިޔަަލައަށް އަަބަދުވެސް ޑިމާންޑް އޮވެއެވެ. އެމީހުންގެ ވިޔަފާރި ރަނގަޅުކުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުންނެވެ. އެހެންކަމުން ހިޔަލަ ޑާންސް ގުރޫޕަށް އަަބަދުވެސް ފުރުޞަތުތައް އޮވެއެވެ. އެގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު ރިސޯޓުތަކުގައި ނެށުމުގެ ފުރުޞަތުތައް ލިބި، އެމީހުންގެ ވިޔަފާރި ރަނގަޅު ކޮށްފިއެވެ.
ހިޔަލަ ފޭސްބުކް ޕޭޖުގައި ކޮންމެ ހަފުތާއަކު ވެސް މުޅިން އައު މަންޒިލެއްގެ ފޮޓޯތައް ޙިއްސާކުރެއެވެ. އަދި އެމީހުންގެ ތާވަލު ކުރިއަށް ރޭވިފައި އޮންނަ ގޮތްތައް ޙިއްސާކުރެއެވެ. ބެެލެވޭގޮތުގައި އެމީހުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ޒަމާނީ ބިޒްނަސް މޮޑެލްއަކަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އެމީހުންގެ ސޯޝަލް މީޑިޔާ މާކެޓިން ވަނީ ވަރަށް ބޮޑަށް ތަރައްޤީކޮށްފައެވެ. އެހެން ކަމުން ގުރޫޕަށް އޮތް ޑިމާންޑް ވެސް ވަނީ ބޮޑު ތަނުން އިތުރުވެފައެވެ.