މިލައުތުރު

ބޭންކް އޮފް މޯލްޑިވްސް އިސްލާމްވިތާ 10 އަހަރު ފުރުން ފާހަގަކޮށްފި.

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގެ ޚިދުމަތަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ކަޕްކޭކާއެކު އަނގަތަޅާލުމެއް މިއަދު ބާއްވާފިއެވެ. ބީއެމްއެލްގެ އިސްލާމިކް ބޭންކިންގެ ޚިދުމަތަށް 10 އަހަރު ފުރުނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ރާވާފައިކަމަށް ބީއެމްއެލްގެ ޚަބަރުތަކުން އެނގެއެވެ. އެގޮތުން 10 ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއްވެސް ބޭންކުންވަނީ އިއުލާނުކޮށްފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށެވެ.

ބޭންކު އޮފް މޯލްޑިވްސް ގެ އިސްލާމިކް ބޭންކިންގ އަކީ ބައެއް ފަރާތްތަކުން ސިފަކުރާގޮތުން ވަރަށް އެހެން ކަހަލަ ކަމެކެވެ. ބީއެމްއެލް އިން ޝަރީޢާގެ މިންގަނޑުތަކުން ޚިދުމަތްދޭން މީގެ 10 އަހަރު ކުރިން ނިންމީ ދީނާ ޚިލާފު ބޭންކިންގ ޚިދުމަތްދޭތީތޯ ބައެއް ފަރާތްތަކުން ސުވާލުކުރެއެވެ. އަދި އިސްލާމީ ގައުމެއްގެ ހުންނަ އެންމެ ބޮޑު، އަދި ދައުލަތުގެ ހިއްސާއޮންނަ ބޭންކުން ރިބާކެވޭ ގޮތަށް ލޯނުދޫކޮށް ޚިދުމަތްދޭތީ މީހުންގެ އަބަދުވެސް ސުވާލުކުރެއެވެ.

މަގުބޫލުކަން ދަށްވަމުން އަންނަ އެކަމަކު ރައްޔިތުންގެ ބޭންކު ކަމަށް ދައުވާކުރާ ބޭންކު އޮފް މޯލްޑިވްސްއިން އަންނަނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ތަފާތު މަސައްކަތްކުރަމުންނެވެ. ނަމަވެސް ގިނަ ދިވެހި ރައްޔިތުންތިބީ ބޭންކާމެދު ހިތްހަމަ ނުޖެހިފައިކަން، ސޯޝަލް މީޑިޔާގައި އެފަރާތްކުން ހާމަކޮށްފައިވާ ޝުޢޫރުތަކުން އެނގެއެވެ. މިވެއިތުވެދިޔަ އަހަރު ހިނގާދިޔަ ކަންކަމަށް ބަލާއިރު ބޭންކު އޮފް މޯލްޑިވްސްއާ ގުޅިގެން މާލީ ބަޣާވާތެއް ގެނެސް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ސަރުކާރުން އެއިރުކުރިއެވެ. ސަރުކާރުން ފަހުންވަނީ ބޭންކު ރަމަތަކޮށްލުމަށް ބޭންކުގެ ބޯޑާއި މެނޭޖްމަންޓުވެސް ބަދަލުކޮށްފައެވެ.

2 Replies to “ބޭންކް އޮފް މޯލްޑިވްސް އިސްލާމްވިތާ 10 އަހަރު ފުރުން ފާހަގަކޮށްފި.”

  1. Anonymous

    ތިއީވަރަށް މޮޅުލިއުމެއް ސުރުޚީ ބަލާލުމުންވެސް އެނގިއްޖެ

  2. ލޮލްސް

    ޯޕެއިޑް ޕާރޓްނާރސިޕް އެއް ކަމަށް ފެނޭ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި