މިލައުތުރު

ވަގަށް ސިނގިރޭޓް އެތެރެކުރާ ކުންފުނީގެ ނަމަކީ ބޮޑު ސިއްރެއް

ރާއްޖެއަށް އެތެރެކުރި ޕްލައިވުޑް ޝިޕްމަންޓެއްގައި ފޮރުވައިގެން 13 މިލިއަނަށްވުރެ ގިނަ ސިނގިރެޓް އެތެރެކުރަން އުޅުނު ކުންފުނީގެ ނަން އަދި ހާމަކުރެވެން ނެތް ކަމަށް ކަނޑައަޅައި ސިއްރު ކޮށްފިއެވެ.

މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ފޮށިތައް ފެނުނީ ފުލައިވުޑް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކޮށްފައި ހުއްޓައެވެ. އެތަކެތި ބަލައި ފާސްކުރިއިރު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައު 1،360 ކޭސް ސިނގިރޭޓު ފޮރުވާފައި ހުއްޓެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓް ސްޓިކެވެ. އެތެރެކުރި ކުންފުނީގެ ނަމަކީ ބޮޑު ސިއްރެކެވެ. އަދި އެއީ ތަހުގީގު ކުރިއަށް ދާތީ އެވެ.

އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ނަގައިފިނަމަ، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ ވަރު އަރާނެއެވެ.