މާލީ ހާލަތު ގޯސްވުމަކީ ކުރީ ސަރުކާރުގެ ކަމެއް: އެމްއެމްޕީއާރްސީ

ޝާން މުޙައްމަދު | 4 ޖުލައި 2025 | ވިޔަފާރި

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މާލީ ހާލަތު ގޯސްވީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއެމްޕީއާރްސީން އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން މިއަދު ވާހަކަދައްކާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓެއްގައި އެމްއެމްޕީއާރްސީގެ މާލީ ހާލަތާ ގުޅޭ ކަންބޮޑުވާ މައްސަލަތަކެއް ހިމެނުމާ ގުޅިގެންނެވެ. އެގޮތުން މަޖިލީހުގެ ރިޕޯޓާ ގުޅިގެން އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ރިޕޯޓްގައިވާ ކަންކަން ބަލައިގަނެ ޖަވާބުދާރީވެ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

Advertisement
Advertisement

ރާއްޖޭގެ ފަތުރުވެރިކަން އުފެއްދުމަށް 2010 ވަނަ އަހަރު އުފެއްދި އެމްއެމްޕީއާރްސީގެ ޖުމްލަ 200 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ވަނީ އިތުރުވެފަ އެވެ. އެ ކުންފުނީގެ ހާލަތު ގޯސްވީ ރައީސް ސޯލިހްގެ ސަރުކާރުގައި ފަހު ހަތަރު އަހަރު އަމަލުކުރި ގޮތުން ކަމަށާއި އެކަމަކު މިސަރުކާރުގައި އެޅި އިސްލާހީ ފިޔަވަޅުތަކާ އެކު ކުންފުނީގެ ހަރަދުތައް 10 އިންސައްތަ ކުޑަކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.