މިލައުތުރު

ގޯލްޑަން ފުޓްސަލް ޗެލެއްޖު-2025: ށ. ޗެމްޕިއަން މިލަންދޫއަށް އިނގުރައިދޫ އަތްދަށުން ސަލާމަތެއް ނުވެވުން.

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖު-2025 ގައި ޒޯން-2 ގެ ގުރޫޕް ސްޓޭޖުގައި ށ. ޗެމްޕިއަން މިލަންދޫ ސްޕޯޓްސް ކުލަބުން  ކުޅުނު މެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރ. އިނގުރައިދޫއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފެށުނީންސުރެ މޮޅަށް ކުޅެ މެޗުގެ ކޮންޓްރޯލު ގަނާފައިވަނީ އިނގުރައިދޫ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ގޯލަށް އަމާޒުކޮށް އުފެއްދި ޙަމަލާތައް ވަނީ ކާމިޔާބުކޮށްފައެވެ.

އިނގުރައިދޫ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޢަލީ ހާފިޒު އާއި މުޙައްމަދު ޖުމާން އާއި އަޙްމަދު މަސްހޫދުއެވެ. އަދި މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އިނގުރައިދޫ  ޓީމުގެ ޖާޒީ ނަންބަރު 9 ޢަލީ ހާފިޒުއެވެ.

އަދި މިރޭ ކުޅުނު އަނެއް މެޗުގައި ކަނޑިތީމަށް ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ. އެ ޓީމުން ރ. ދުވާފަރާ ދެކޮޅަށް ކުޅުނު މެޗު 1-0 ނަތީޖާއަކުން ކާމިޔާބުކުރީ ދުވާފަރުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކީ ދުވާފަރުގެ ޖާޒީ ނަންބަރު 30 މުޙައްމަދު އިސާމުއެވެ.

© 2023 milauthuru. All rights reserved.